ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން ގިނަ އަދަދެއްގެ ބޭފުޅުން އެ މަގާމަށް ކުރިމަތިލައިފި އެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލާން ޖޭއެސްސީން މިމަހު ހުޅުވާލި ފުރުސަތުގެ މުއްދަތު މިއަދު ވަނީ ހަމަވެފަ އެވެ.

ޖޭއެސްސީން ބުނީ އެ މަގާމަށް 25 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 46،000ރ. ލިބިވަޑައިގަންނަވާނެ އެވެ.