ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަަޒްމޫން އަހްމަދު ހަމަޖައްސައިފި އެވެ.
އޭނާ މީގެ ކުރިން ހުންނެވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޕާސަނަލް އެސިސްޓެންޓްގެ މަގާމުގަ އެވެ.
މިނިސްޓަރުގެ ނައިބަކަށް ހަމަޖެއްސިކަން ރައީސް އޮފީހުން އަދި ރަސްމީކޮށް އިއުލާން ނުކުރިޔަސް ވެބްސައިޓުގެ ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
އަޒްމޫންއާ އެކު އެ މިނިސްޓަރުގައި 8 ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.
މި ސަރުކާރު ފެށުނުއިރު، އަޒްމޫން އުޅުނީ ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭނާ ޔޫތު މިނިސްޓްރީގެ މަގާމަކަށް ހަމަޖެއްސުމުގެ ކުރިން އުޅުއްވީ ރާއްޖެ ޓީވީގަ އެވެ.