ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.
އެ އިއުލާނުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރޭގައި ވަކީލުންގެ އިތުރުން މެޖިސްޓްރޭޓުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކްރިމިނަލް ކޯޓަށް ކުރިމަތިލެއްވި ފަނޑިޔާރުން:
1- މުހައްމަދު އިހުސާން- ނޫރުވާދީ/ ކ. ތުލުސްދޫ
2- މުހައްމަދު ސަމީރު- ހިތްވަރު/ ރ. އިނގުރައިދޫ
3- އަހުމަދު ރިފްޝާން- ކަޝްމީރުގެ/ ސ. ފޭދޫ
4- އިބްރާހިމް އިހުސާން- އެށެވެލި/ ސ. މަރަދޫ
5- އުއްމުކުލްސޫމް އަބޫބަކުރު- ރަނައުރާގެ/ ބ. އޭދަފުށި
6- ރަފީއުއްދީން އަހުމަދު- ސްނޯޑްރޮޕް/ ސ. ހިތަދޫ
7- އަހުމަދު އާދަމް- އެތުމާ/ ގއ. ގެމަނަފުށި
8- ހުސައިން ސާލިމް- އާރު/ ހއ. މާރަންދޫ
9- ސިޔާމް މުހައްމަދު- މާލެ ދަފްތަރު ރސ 131914
10- އިބްރާހިމް ޒިހުނީ- ބިއްލޫރިޖެހިގެ/ ގއ. ނިލަންދޫ
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭނެ އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވީ ނުވަ ފަނޑިޔާރުންނެވެ.