ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި، ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ 6 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ ނޮވެމްބަރު 28 ގަ އެވެ. އޭގެ ފަހުން މަޖިލިސް އޮތީ ޗުއްޓީގަ އެވެ.
މަޖިލީހުގެ މީޑިޔާ އެންޑް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ދެ މަހުގެ ޗުއްޓީ އަކަށް ފަހު މަޖިލިސް މި އަހަރު ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާނެ ކަމަށެވެ. މިއީ އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާނެވެ.
ކޮންމެ އަހަރެއްގެ ވެސް މަޖިލިސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.