މާލޭގެ ރަސްފަންނު ސަރަހައްދާ ދިމާލު ބޭރުން މިއަދު ދޯންޏެއް ބަންޑުން ޖަހައިލުމާ ގުޅިގެން ސަލާމަތީ ބާރުތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
"ރަސްއައިނު" ނަމަކަށް ކިޔާ އެ ދޯނި މިއަދުގެ ހަވީރު ބަންޑުން ޖަހައިލުމާއެކު، މެރިން ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެ އުޅަނދު ބަންޑުން ޖަހާލުމާ ގުޅިގެން ކޯސްޓް ގާޑުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދޯންޏާ ގުޅޭ މައުލޫމާތުތަކެއް އަދި ނުލިބެ އެވެ.