ތ. ވިލުފުށި ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓުގައި މިއަދު ރޯވެ، އަނދައި ހުލިވެއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ވިލުފުށި ކައުންސިލުގެ ނައިބް ރައީސް ހުސެއިން އަބްދުސަލާމް އާދަމް "މިހާރު" އަށް ވިދާޅުވީ އެ ދެ ބޯޓުގައި ރޯވީ މިރޭ އިރުއޮއްސުނު ފަހުން ކަމަށެވެ. އެ ދެ ބޯޓު އޮތީ ކައިރިކައިރީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެއީ އެ ރަށަށް ތެޔޮ އުފުލާ އެ ރަށު މީހެއްގެ ދެ ބޯޓެވެ. ލަކުޑިން ހަދާފައިވާ އެ ބޯޓުތަކުގައި ތެޔޮ ހުރި ކަމެއް އަދި ސާފެއް ނުވެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވަރަށް ބޮޑަށް [އަލިފާން] ނިއްވާލެވިއްޖެ. ދެ ބޯޓު ވެސް ވަރަށް ބޮޑަށް އަނދައިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.