މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 12 މީހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އާންމު އުސޫލުން ފުލުހުން މަތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނަކާއި އަށް ފިރިހެނުން ކަމަށް ބުންޏެވެ.
އެ މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމުގެ ތުހުމަތެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ބައެއް "ތަރިން" ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.