ޅ. ހިންނަވަރުގައި މިއަދު ހަވީރު ފުޓްބޯޅަ މެޗެއް ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އެ ރަށު ކައުންސިލް ނައިބު ރައީސް ހަސަން ވަހީދު އަބްދުﷲ "މިހާރު" އަށް ވިދާޅުވީ މުބްތަދާ އަލީ ނަމަކަށް ކިޔާ ޒުވާނާ ކުޅެން ހުއްޓާ ކުއްލިއަކަށް ކޯޓު މައްޗަށް ވެއްޓުނީ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ވެއްޓުނު އިރު ވެސް އޭނާގެ ހޭ ނެތް ކަމަށާއި ވަގުތުން އޭނާ ނައިފަރު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ. ނަމަވެސް، އޭނާ މަރުވީ އެ ރަށަށް ގެންދިޔުމުގެ ކުރިން ކަމެއް އޭގެ ފަހުން ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ ހިންނަވަރު ހޮސްޕިޓަލަށް ގެންދިޔައީ. ދެން ބުނީ މާލެ ގެންދަން. އެކަމަކު ކަނޑުގަދަވީމަ ފުރަތަމަ ގެންދިޔައީ ނައިފަރަށް،" އޭނާ ބުންޏެވެ.
އޭނާގެ އުމުރު އަދި ޔަގީންނުކުރެވެ އެވެ.
މާފުށީ ޖަލުގައި ޑިއުޓީކުރަން ހުރި އެ ރަށު ޒުވާނަކު ވެސް ރޭ ވަނީ ކުއްލިގޮތަކަށް މަރުވެފަ އެވެ.