ޅ. މާފިލާފުށީގައި އިއްޔެ އޮތް ތަމްރީނަށް ދިޔަ ސިފައިންގެ މީހަކު މިއަދު ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ގދ. ގައްދޫ، ރަމްޒު، ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް 19، ނިޔާވީ ނޭވާލާން އުނދަގޫވެގެން ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
މިދިޔަ އަހަރު އިންޑިއާގެ ޕޫނޭގައި އަސްކަރީ ތަމްރީނުތައް ހަދަމުން ދަނިކޮށް ވެސް ދިވެހި ސިފައިންގެ މީހަކު ނިޔާވި އެވެ.