ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތްކުރާ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ، 93،000 އަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު، މޯލްޑިވިއަންގެ މުވައްޒަފުންނަށް ތޫނު އެއްޗަކުން ހަމަލާދީ، އެ ފައިސާތައް ފޭރިގަތީ ފައިސާ ޖަމާކުރަން އޭޓީއެމް އަށް ޖަމާކުރަން ގެންދަނިކޮށް ކަމަށެވެ.
އެތަނުން އެއް މުވައްޒަފަކަށް އަނިޔާވެ، ފުވައްމުލަކު ހޮސްޕިޓަލުގައި ވަނީ ފަރުވާދީފަ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން އިތުރު ވާހަކައެއް އަދި ނުދައްކަ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.