މާދަމާ ލަންކާގައި ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓްބޯޅަ މުބާރާތް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް މާދަމާ ލަންކާއަށް ކުރައްވައި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ލަންކާގައި ކުޅޭ މުބާރާތުގައި ވާދަކުރާނީ ލަންކާގެ އިތުރުން ރާއްޖެ އާއި ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.
މާދަމާ އިން ފެށިގެން މި މަހު 17 ގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ 40،000 މީހުންގެ ޖާގަ އޮންނަ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގަ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ރާއްޖެ އިން ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.
މުބާރާތުގައި ދިވެހި ސަޕޯޓަރުންނަށް އަގުހެޔޮ ޓިކެޓް ލިބޭނެ އިންތިޒާމު ވެސް ރައީސްގެ އެދިވަޑައިގަތުމަކަށް ވަނީ ހަމަޖައްސައިފަ އެވެ. ކުރިން 5.000 ރުޕީސް އަށް ޥިއްކި ޓިކެޓް މިހާރު ވަނީ 3000 ރުޕީސްއަށް ދަށްކޮށްފަ އެވެ.