ސިމްޑީ ގްރޫޕްގެ ކޮންސިއުމާ ޕްރޮޑަކްސް ޑިވިޝަން (ސީޕީޑީ)ގެ ތިން ވަނަ ޝޯރޫމް ހުޅުވައިިފި އެވެ
އޯކިޑް މަގުގައި ހުޅުވި މި ޝޯރޫމުން، އާންމުކޮށް ގޭތެރެއަށް ބޭނުންވާ ސާމާނުތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗާއި އެކި ބްރޭންޑްތަކުގެ ބުއިންތައް ވެސް ހިމެނެ އެވެ.
ގާތްގަނޑަކަށް 324 އަކަފޫޓުގެ މި ޝޯރޫމުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ޑޫނާ، އައިކެފޭ، މައިބިޒްކަޓް، ހޯލްސަން، މެންޓޯސް، ދިލްމާ އާއި ސެންޓާން ފަދަ ބްރޭންޑްތަކުގެ ކާބޯތަކެތި ލިބޭނެ އެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް މި ޝޯރޫމް ހުޅުވާފައި ހުންނާނެއިރު، ހުކުރު ދުވަސް ދުވަހު ހުޅުވާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
ސިމްޑީން އަންނަނީ ފެންވަރު ރަނގަޅު އުފެއްދުންތައް ރާއްޖެ އަށް ތާއަރަފު ކުރަމުންނެވެ. އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އަގު ހެޔޮ އަދިި ރަނގަޅު އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރުމަށެވެ. މި ޝޯރޫމް މެދުވެރިކޮށް، ހޯލްސޭލާއި ރީޓޭލްކޮށް ވެސް ކަސްޓަމަރުންނަށް ތަކެތި ގަނެވޭނެ އެވެ.
ސިމްޑީ ސީޕީޑީގެ ސީނިއާ މެނޭޖަރު ޖޭ ވިލްސަން ކުމާރު ވިދާޅުވީ، އާ ޝޯރޫމެއް ހުޅުވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ފިހާރައާ އެކު ސިމްޑީގެ އުފެއްދުންތައް ހޯދަން ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިމަގުގައި އިތުރު ޝޯރޫމްތައް ހުޅުވަން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މާލޭގެ އިތުރުން ހުޅުމާލެ އާއި އަތޮޅު ތެރޭގައި ވެސް އިތުރު ފިހާރަތައް ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.