ބީޗް ވޮލީބޯލްގެ ގައުމީ މުބާރާތުގެ އަންހެން ސީނިއާ ޗެމްޕިއަންކަން، އާމިނަތު އަރީޝާ އާއި އައިޝަތު އިމްތިނާން (ނާން) ގެ ޕެއާއިން ހޯދައިފި އެވެ.

ހުޅުމާލޭ ބީޗް ވޯލީ ކޯޓްގައި މިއަދު ކުޅުނު ފައިނަލް މެޗު އަރީޝާ އާއި ނާންގެ ޕެއާ ކާމިޔާބު ކުރީ ފައިނަލުގައި ފާތިމަތު ޖޫޒާން ޒަރީރު އާއި އައިޝަތު މާޖިދާގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ. ފުރަތަމަ ދެ ސެޓް ޖޫޒާން އާއި މާޖިދާގެ ޕެއާ ކާމިޔާބު ކުރީ 22-20 ންނެވެ. އެކކަމަކު ފަހު ދެ ސެޓް 21-11 އަދި 15-8 ން ކާމިޔާބު ހޯދައި އަރީޝާ އާއި ނާންގެ ޕެއާ ޗެމްޕިަންކަން ހޯދި އެވެ.

ދެ ވަނަ ރާނަރަފް އަކީ އައިޝަތު ޝަހާ ޝާމިން އާއި މަރްޔަމް ހަލީމްގެ ޕެއާ އެވެ.

އަންހެން ޑިވިޝަންގެ 23 އަހަރުން ދަށުގެ ކެޓެގެރީގެ ޗެމްޕިއަންކަން ހޯދީ އާމިނަތު އަފާފް އާއި ނަރީމާ އިދްރީސްގެ ޕެއާ އެވެ. ފައިނަލު މެޗު އެދެ ކުޅުންތެރިން ކާމިޔާބުކުރީ ފާތިމަތު މާހިޔާ އާއި އައިޝަތު ޒައިނާގެ ޕެއާ ބީޓް ކުރުމަށް ފަހު އެވެ. އަފާފް އާއި ނަރީމާގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ކާމިޔާބު ކުރީ 21-12 އަދި 21-8 ންނެވެ.

މިރޭ ކުރިއަށް ދަނީ ފިރިހެން ޑިވިޝަންގެ އެންމެ ފަހު މެޗުތަކެވެ.