ޑީއާރުޕީގެ ސްޕޯކްސްޕާސަނަކަށް ލަވަކިޔުންތެރިޔާ މޭނާ ހައްސާން މިރޭ ހަމަޖައްސައިފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު، ދިވެހި ވަންތަ ލަވަކިޔާ މޭނާ ހައްސާން ޑީއާރުޕީގެ ތަރުޖަމާނަކަށް ހަމަޖެއްސީ އޭނާ މިރޭ ޑީއާރުޕީއަށް ސޮއި ކުރެއްވުމުންނެވެ.
އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ބައިވެރިވެވަޑައިގަތެވެ.
ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޭނާ ހައްސާނު ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރު. ރާއްޖޭގެ ނަންބަރު 1 ލެޖެންޑް،" ޖާބިރުގެ ޓުވީޓުގައި ވެ އެވެ.
ހައްސާން ވިދާޅުވީ ޑީއާރުޕީ އަކީ ރައްޔިތުން ދެކެ ލޯބިވާ ޕާޓީއެއް ކަމަށެވެ.