މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ މީރާ މުހައްމަދު މާޖިދު ލަވައިން ގެނެސް ދިން "ވާހަކަ" އިގެ ފުރަަތަމަ ލަވަ ރިލީޒް ކުރިތާ ހައެއްކަ މަސް ފަހުން، އެ ލަވަ ޔޫޓިއުބުން ބެލި މީހުންގެ އަދަދަކު ލައްކައަކަށް އަރައިފި އެވެ.
މީރާގެ އަމިއްލަ މިއުޒިކަށް އޭނާ ލިރިކްސް ލިޔެ، ކިޔައި، އެކްޓް ވެސް ކޮށްފައިވާ ލަވަ ބެލުންތެރިންނަށް ދޫކޮށްލީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
"ލޯތްބަކީ" އަކީ ތިން ލަވައިގެ ޓްރިލޮޖީއަކުން ނިންމާލި "ލޯބީގެ ވާހަކައެއް" ކަމަަށް މީރާ ބުންޏެވެ.
ލަވައިގެ ވިއުސް ލައްކައެއް ފަނަހައަޅައި ދިއުމުން މީރާ ވަނީ އެކަން ފާހަގަކޮށްފަ އެވެ.
"އަހަރެން ގެނެސް ދިން އޮރިޖިނަލް ޓްރިލޮޖީގެ ފުރަތަމަ ލަވަ ލޯތްބަކީ އަށް އެއްލައްކަ ވިއުސް ޔޫޓިއުބްގައި ލިބިއްޖެ. މިއީ ވަަރަށް އުފާވާ ކަމެއް،" ޒުވާން ލަވަ ކިއުންތެެރިޔާ ބުންޏެވެ.
އޭނާ ވަނީ ލަވަ އަށް ބެލުންތެރިން ދިން ތަރުހީބަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ތިން ލަވައިގެ ޓްރިލޮޖީގެ ތެރެއިން ދެވަނަ ލަވަ "ވައުދުވަމޭ" މީރާ ބެލުންތެރިންނަށް ދޫކޮށްލީ ވެލެންޓެއިންސް ޑޭ އާ ދިމާކޮށް ފެބްރުއަރީ މަހު އެވެ. އަދި މީގެ ފަހު ލަވަ "ނެތް ދުވަހަކުން" ބެލުންތެރިންނަށް ދައްކާލީ އެޕްރީލް މަހުގެ ތެރޭގަ އެވެ.
މީރާ މިހާރު އަންނަނީ އަނެއްކާވެސް އާ ލަވައެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ. މި ފަހަރު އަނެއްކާ ވެސް ތަފާތު ކޮންސެޕްޓަކަށް ގެނެސްދޭ "ކަނޑުމަތި" އެވެެ.
ފޭނުން ތިބީ މި ލަވައިގެ އިންތިޒާރުގަ އެވެ.