ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރާފައި ވީނަމަވެސް ދަތުގެ ފަރުވާ ނުވަތަ ޑެންޓަލް ދާއިރާއިން ރާއްޖެ އޮތީ އަދިވެސް ވަރަށް ފަހަތުގަ އެވެ. ބޭނުންވާ ޓެކްނޮލޮޖީ އާއި މެޝިންތައް ނެތުމުގެ ސަބަބުން އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތައް ނުދެވެ އެވެ. މިކަން މިއަދު މެޑިފްލެކްސް އިން މިވަނީ ބަދަލު ކޮށްފަ އެވެ. އެ ކުންފުންޏާއި ސްމާޓް ޑެންޓާ ގުޅިގެން ރާއްޖެއަށް ތައާރަފު ކުރި ކެޑްކެމް ޑިޖިޓަލް ލެބާއެކު ރާއްޖޭގެ ޑެންޓަލް ދާއިރާ ޒަމާނާ އެއް ފެންވަރަކަށް ފެތުނީ އެވެ.

ކެޑްކެމް ޑިޖިޓަލް ލެބެއް ހުރުމަކީ ކޮންމެ ކްލިނިކެއްގައި މަސައްކަތް ކުރާ ޑެންޓިސްޓެއްގެ ހުވަފެނެވެ. މި ލެބުގެ ސަބަބުން އެ ކްލިނިކަކަށް ފަރުވާ ހޯދަން އަންނަ މީހުންނަށް ފަސޭހަ ކަމާއެކު ހިދުމަތްތައް ލިބި ފަރުވާތައް އަވަސް ވެގެންދެ އެވެ.

3ޑީ ސްކޭނާއެއް ބޭނުންކޮށްގެން ދަތުގެ އިމްޕްރެޝަން ސްކޭން ކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
3ޑީ ސްކޭނާއެއް ބޭނުންކޮށްގެން ދަތުގެ އިމްޕްރެޝަން ސްކޭން ކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އާއްމުކޮށް ރާއްޖޭގެ ޑެންޓަލް ކްލިނިކްތަކަށް ދަތުގެ ފަރުވާ ހޯދަން ދާ މީހުން ދަތުގައި "ކްރައުން" ޖަހަން ބޭނުންވާނަމަ ނުވަތަ "ޑެންޗާ" އެއް ނުވަތަ "ރިޓެއިނާ" އެއް ބޭނުންވާ ނަމަ އެ ހިދުމަތް ހޯދަން ގިނަ ދުވަސްތަކެއް ވަންދެން މަޑު ކުރަން ޖެހެ އެވެ. އެގޮތުން، ކްލިނިކްތަކުން އާއްމުކޮށް ދަތުގެ "އިމްޕްރެޝަން" ނެގުމަށްފަހު ފޮނުވަނީ ބޭރު ގައުމުތަކަށެވެ. އެހެންވެ، ބޭނުންވާ ހިދުމަތް ހޯދަން މަހަކަށްވުރެ ގިނަ ދުވަސް ބައެއްފަހަރު ހޭދަ ކުރަން ޖެހެ އެވެ. ނަމަވެސް މެޑިފްލެކްސް ޑެންޓަލް ކްލިނިކްގައި ގާއިމްކޮށްފައިވާ ކެޑްކެމް ޑިޖިޓަލް ލެބް މެދުވެރިކޮށް ދަތްތަކަށް ބޭނުންވާ "ކްރައުން" އާއި "ބްރިޖް" އާއި "ޑެންޗާ"ތަކާއި "ރިޓެއިނާ" ފަދަ ތަކެތި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަދައިލެވޭނެ އެވެ.

މިކަމަށް އެ ލެބުގައި ބޭނުން ކުރާ މެޝިންތަކަކީ ޖަރުމަނު ވިލާތުގެ "ޑެންޓްސްޕްލައި ސިރޯނާ" ފަދަ ޑެންޓިސްޓުންގެ އިތުބާރާއި ޔަގީންކަން އެންމެ ބޮޑު ބްރޭންޑުތަކުގެ މެޝިންތަކެވެ.

3ޑީ ސްކޭން ބޭނުންކޮށްގެން ދަތަށް ބޭނުންވާ ކްރައުން ފަދަ ތަކެތި ހަދާ މެޝިނެއް: މުޅި ކްލިނިކަކީ ޑިޖިޓަލް ކްލިނިކެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު
3ޑީ ސްކޭން ބޭނުންކޮށްގެން ދަތަށް ބޭނުންވާ ކްރައުން ފަދަ ތަކެތި ހަދާ މެޝިނެއް: މުޅި ކްލިނިކަކީ ޑިޖިޓަލް ކްލިނިކެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދަތުގެ އިމްޕްރެޝަން ނެގުމަކީ ވެސް ބައެއް ފަހަރު ފަރުވާ ހޯދަން ދާ މީހާއަށް އުނދަގޫ ކަމެކެވެ. އެހެންވެ، އެކަމަށް ވެސް މެޑިފްލެކްސް ކްލިނިކުން ވަނީ ހައްލެއް ހޯދާފަ އެވެ. އެ ކްލިނިކުން ދަތުގެ އިމްޕްރެޝަންތައް ނެގުމުގެ ބަދަލުގައި ދަތުގެ 3ޑީ ސްކޭން ވެސް ހެދޭނެ އެވެ. މި ސްކޭން ހައްދައިގެން ދަތަށް ފިޓުވާ ޑެންޗާތަކާއި ކްރައުންތައް ހަދާލެވޭނެ އެވެ.

މީގެ އިތުރުން މެޑިފްލެކްސްގެ ލެބުން މޫނުމަތީގެ ހާއްސަ ސްކޭނެއް ކަމަށްވާ "ސީބީސީޓީ" ސްކޭން ވެސް ހެއްދޭނެ އެވެ. މި ސްކޭނަކީ މޫނުމައްޗަށް ގެއްލުމެއްވެފައިވާ ނަމަ އެކަން ދައްކުވައިދޭ ސްކޭނެކެވެ. އާއްމު އެކްސްރޭތަކުން ނުދައްކާ ކަންކަން ވެސް މި ސްކޭނުން ދައްކާނެ އެވެ.

ސީބީސީޓީ ސްކޭން ހަދާ މެޝިން: އެ ހޮސްޕިޓަލުން އަނގަމަތީގެ ތަފާތު ސާޖަރީތައް ވެސް ހެދޭނެ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ސީބީސީޓީ ސްކޭން ހަދާ މެޝިން: އެ ހޮސްޕިޓަލުން އަނގަމަތީގެ ތަފާތު ސާޖަރީތައް ވެސް ހެދޭނެ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މެޑިފްލެކްސް އިން ބޭނުންވަނީ މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރު ވެފައިވާ މި ލެބުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފޯރުކޮށްދިނުމެވެ. އެގޮތުން، އެ ރަށެއްގެ ޑެންޓިސްޓުން ފޮނުވާ އިމްޕްރެޝަން ނުވަތަ ދަތުގެ 3ޑީ ސްކޭނަށް ލެބުން ކްރައުން ފަދަ ތަކެތި ހަދައިދޭނެ އެވެ. މި ހިދުމަތް މާލޭގެ ޑެންޓަލް ކްލިނިކްތަކަށް ވެސް ދޭން ވަނީ ނިންމާފަ އެވެ. މިއާއެކު ދަތުގެ ފަރުވާއަށް ބޭނުންވާ ހިދުމަތްތައް ހޯދަން އެތައް ދުވަހެއް ވަންދެން މަޑު ކުރަން ނުޖެހޭނެ އެވެ.

މެޑިފްލެކްސް ކްލިނިކް: ޑެންޓަލް ފަރުވާގެ "ފުލް ސޮލިއުޝަން"

މެޑިފްލެކްސް ކްލިނިކުގެ ރިސެޕްޝަންގައި އެ ކްލިނިކްގެ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ނިޝާން އަލީ/މިހާރު
މެޑިފްލެކްސް ކްލިނިކުގެ ރިސެޕްޝަންގައި އެ ކްލިނިކްގެ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޑިޖިޓަލް ލެބާއެކު މެޑިފްލެކްސް ޑެންޓަލް ކްލިނިކަކީ ވެސް ޒަމާނީ ފެންވަރުގެ ފަރުވާ ލިބޭ ކްލިނިކެކެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވި މި ކްލިނިކް ތައްޔާރުކޮށްފައިވަނީ ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ހިދުމަތް ލިބޭ ގޮތަށެވެ. އެ ކްލިނިކްގެ ކޮޓަރިތަކުގައި ބޭނުން ކުރާ ޑެންޓަލް ގޮނޑިތަކަކީ ވެސް ޑެންޓްސްޕްލައި ސިރޯނާ ކުންފުނީގެ އަރާމު، އެހާމެ ފަސޭހަ ގޮނޑިތަކެކެވެ. ކޮމްޕްރެސަރުތަކާއި ޕަމްޕުތައް ވަކި ހާއްސަ ތަނެއްގައި ބެހެއްޓިފައި ހުރުމުން އެހާމެ އަޑުމަޑުވެފައި ހިތްގައިމު މާހައުލަކަށް މި ކްލިނިކް ވެގެންދެ އެވެ.

މި ކްލިނިކުން ފަރުވާ ހޯދަން އަންނަ މީހުންނަށް ޔަގީންވާނެ އެއްކަމަކީ ރައްކާތެރިކަމެވެ. އަނގައަކީ މީހާގެ ހަށިގަނޑަށް ޖަރާސީމް އެންމެ ބޮޑަށް ވައްދާ އެއް ޒަރީއާއަށް ވާއިރު ދަތުގެ ފަރުވާ ދިނުމުގައި ބޭނުން ކުރާ ހުރިހާ އާލާތްތަކެއްވެސް ވާން ޖެހޭނީ ސާފުތާހިރު އެއްޗަކަށެވެ. މި ކްލިނިކުން ފަރުވާ ހޯދާ ކޮންމެ މީހަކަށް ވެސް ހިދުމަތް ދޭން ގެންގުޅޭނީ ސްޓެރިލައިޒް ކޮށްފައިވާ ސާމާނެވެ. އެ ކްލިނިކްގައި މިކަމަށް ހާއްސަ ތަނެއް ވެސް ހުރެ އެވެ. އެތަނުގައި ހުރިހާ އިކުއިޕްމަންޓެއް ސްޓެރިލައިޒްކޮށް ހާއްސަ ޕައުޗްތަކުގައި ބަންދުކުރެ އެވެ. މި ޕައުޗްތަކުން އެ ސާމާނެއް ނަގާނީ ބަލިމީހާއަށް ފަރުވާ ދޭ ވަގުތުގަ އެވެ.

މެޑިފްލެކްސް ޑެންޓަލް ކްލިނިކުގައި ބޭނުން ކުރާ އިކުއިޕްމަންޓުތައް ސްޓެރިލައިޒް ކުރަން މެޝިނަށް ލަނީ: ހުރިހާ އިކުއިޕްމަންޓެއް ވެސް ސްޓެރެލައިޒްކޮށް ޕައުޗުގައި ބަންދު ކުރާނެ-- ފޮޓޯ: ނިޝާން އަލީ/މިހާރު
މެޑިފްލެކްސް ޑެންޓަލް ކްލިނިކުގައި ބޭނުން ކުރާ އިކުއިޕްމަންޓުތައް ސްޓެރިލައިޒް ކުރަން މެޝިނަށް ލަނީ: ހުރިހާ އިކުއިޕްމަންޓެއް ވެސް ސްޓެރެލައިޒްކޮށް ޕައުޗުގައި ބަންދު ކުރާނެ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މެޑިފްލެކްސް ޑެންޓަލް ކްލިނިކުގެ އެންމެ ހާއްސަ ކަމަކީ އެ ކްލިނިކްގެ ތިއޭޓަރެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ހުޅުވާފައިވާ މި ތިއޭޓަރަކީ ރާއްޖޭގެ ޑެންޓަލް ކްލިނިކެއްގައި ހުރި މިފަދަ ފުރަތަމަ ތިއޭޓަރެވެ. މި ތިއޭޓަރުގައި އަނގަމަތީގެ ތަފާތު އޮޕަރޭޝަންތަކާއި ސިސްޓު ނެގުމާއި އޯރަލް ކެންސަރަށް ސްކްރީން ކުރުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ދަތުގެ ފަރުވާ ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ރާއްޖޭގައި ހޭނައްތައިގެން މިފަދަ ފަރުވާތައް ދިނުމުގެ ގާބިލުކަން ނެތުމުން މިއަދާ ހަމައަށް ވެސް އެފަދަ މީހުންނަށް ދަތުގެ ފަރުވާ ދެމުން އަންނަނީ ބޭރު ގައުމުތަކަށް ގޮސްގެންނެވެ. ނަމަވެސް މެޑިފްލެކްސް ކްލިނިކްގެ މި ތިއޭޓަރުގައި ހޭނައްތައިގެންނާއި ސެޑޭޓު ކޮށްގެން ދަތުގެ ހުރިހާ ފަރުވާއެއް ވެސް ދެވޭނެ އެވެ.

ދަތުގެ ފަރުވާ ދޭ އިކުއިޕްމަންޓުތައް ޕައުޗުގައި ބަންދު ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
ދަތުގެ ފަރުވާ ދޭ އިކުއިޕްމަންޓުތައް ޕައުޗުގައި ބަންދު ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ކްލިނިކުން ވަނީ މި ތިއޭޓަރުގެ ހިދުމަތް ވެސް މާލޭގެ އެހެން ހުރިހާ ޑެންޓަލް ކްލިނިކްތަކަށް ހުޅުވާލަން ނިންމައިފަ އެވެ. މިއާއެކު ކްލިނިކްތަކަށް ވަގުތީގޮތުން އަންނަ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ވެސް އަނގަމަތީ ސާޖަރީތައް މި ތިއޭޓަރުގައި ކުރެވޭނެ އެވެ. ތިއޭޓަރާއެކު ސާޖަރީ ނިމުމުން ބަލި މީހުން ތިބޭނެ ކޮޓަރިއެއް ވެސް މި ކްލިނިކުގައި ހުރެ އެވެ.

މިވަގުތު މި ކްލިނިކުގައި ފަސް ޑެންޓިސްޓުން ހިދުމަތް ދޭއިރު މެކްޒިލޯ ފޭޝަލް ސާޖަން އަކާއި އޯތޮޑޮންޓިސްޓަކާއި ރޫޓު ކެނަލް ހެދުމުގެ ސްޕެޝަލިސްޓް (އެންޑޯޑޮންޓިސްޓް) އެއް ވެސް މި ކްލިނިކުގައި ހިދުމަތް ދޭނެ އެވެ. މީގެ ތެރެއިން މެކްޒިލޯ ފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އާއި އޯތޮޑޮންޓިސްޓް ޑރ. ނަދީމާ އާއި އެންޑޯޑޮންޓިސްޓް ޑރ. މާހިޔާ އަކީ މި ދާއިރާތަކުން ރާއްޖޭގެ އެންމެ ފުރަތަމަ ސްޕެޝަލިސްޓުންނެވެ. މި ސްޕެޝަލިސްޓުން ދާއިމީކޮށް މި ކްލިނިކުގައި ހިދުމަތް ދޭނެ އެވެ.

މެޑިފްލެކްސް ޑެންޓަލް ކްލިނިކުގައި ކުޑަ ކުއްޖަކަށް ދަތުގެ ފަރުވާ ދެނީ-- ފޮޓޯ: މެޑިފްލެކްސް
މެޑިފްލެކްސް ޑެންޓަލް ކްލިނިކުގައި ކުޑަ ކުއްޖަކަށް ދަތުގެ ފަރުވާ ދެނީ-- ފޮޓޯ: މެޑިފްލެކްސް

މެޑިފްލެކްސް އިން މި ކްލިނިކް ސިފަ ކުރަނީ "ވަން ސްޓޮޕް ޑެންޓަލް ސޮލިއުޝަން" އެއްގެ ގޮތުގަ އެވެ. ޑެންޓަލް ދާއިރާގެ ހުރިހާ ހިދުމަތެއް މި ކްލިނިކުން ލިބެން ހުންނައިރު މިއީ ރާއްޖެއަށް މުޅިން އާ ހިދުމަތްތަކެކެވެ.

މެޑިފްލެކްސް އަކީ ރާއްޖެ އަށް ސިއްހީ ގިނަ ސާމާނު އެތެރެ ކުރާ މެޑްޓެކް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏަކަށް ވާއިރު މި ޑެންޓަލް ކްލިނިކުގައި ބޭނުން ކުރާ ހުރިހާ ސާމާނަކީ ވެސް ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑުތަކުގެ ސާމާނެވެ.

މި ކްލިނިކަކީ 12 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެކެވެ. ނަމަވެސް ރާއްޖޭގައި ޑެންޓަލް ދާއިރާ ކުރިއެރުވުމަށް މިއީ މުހިންމު ފިޔަވަޅެއް ކަމަށް މެޑްފްލެކްސް އާއި ސްމާޓް ޑެންޓުން ގަބޫލު ކުރެ އެވެ.