މަރިޔަމް އުނޫޝާ އަށް ތައާރަފެއް ބޭނުމެއް ނުވެއެވެ. އަދި މަރިޔަމް އުނޫޝާ ހާއްސަނުވާ ސަބަބެއް ވެސް ނެތެވެ. ހާއްސަ ނޫން މުނާސަބަތެއް ވެސް ނެތެވެ. އޭނާ ނުފެންނައިރު ވެސް އަހަރެމެންނަށް ފެނެއެވެ. ލަވަނުކިޔާއިރު ވެސް އެ ހިތްގައިމު އަޑުގައިވީ ޖާދޫގައި އެންމެން ވެސް ތިބެނީ ޖެހިފައެވެ. އެ ހުނަރުވެރިކަން އޭނާ ސާބިތުކޮށް ނުދިޔަސް އަހަރެމެން އެންމެނަށް ވެސް މަރިޔަމް އުނޫޝާގެ ހުނަރާއި ހައިބަތު ވަރަށް ސާފެއެވެ. އޭނާ އަކީ ރާއްޖޭގެ މިއުޒިކް ސީންގެ މި ޒަމާނުގައި ނުއުފެދޭވަރުގެ ތަރިއެކެވެ. ހަގީގަތުގައި ވެސް ދިވެހި ލަވައިގެ ސްޓޭޖުގައި 'ސުޕަސްޓާރެކެވެ'.
އެކަމަކު އުނޫޝާ މިހާރު ކޮބައި ހެއްޔެވެ؟ ކީއްކުރަނީ ހެއްޔެވެ؟ އެހާ ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ލަވަ އާއި މިއުޒިކުން ބްރޭކެއް ނެގީ ހެއްޔެވެ؟ ނުވަތަ ސަޕްރައިޒްތަކަކާ އެކު ގަދަފަދަ ކަމްބެކަކަށް ތައްޔާރުވަނީ ހެއްޔެވެ؟
މި ހާއްސަ އިންޓަވިއު އަކީ މި ހުރިހާ ސުވާލަކާއި ހިތުގައި ދެން ވެސް އުފެދިފައިވާ ހުރިހާ ސުވާލަކަށް އުނޫޝާ ޖަވާބު ދީފައިވާ އިންޓަވިއުއެކެވެ. ފަހަރެއްގައި އޭނާގެ 20 އަހަރުވީ ކެރިއަރުގައި ދިން މިފަދަ އެންމެ ޕާސަނަލް އިންޓަވިއުއެވެ. ސްޓޭޖުމަތިން ފެންނަ އުނޫޝާ އާއި އާންމު ދިރިއުޅުމުގައި ފެންނަ ކިޑީގެ ލައިފްގައިވީ ވާހަކަތަކެވެ.
1- ލައިފްގައި މި ދުވަސްކޮޅު ހިނގާހާ ކަމެއް ވަރަށް ކުރުކޮށް އަހަރެމެންނަށް ކިޔާލަދީބަލަ ކިޑީ؟
އުނޫޝާ: އަލްހަމްދުލިﷲ. މިއީ އަޅުގަނޑުގެ ލައިފްގެ އެންމެ އުފާވެރި ދުވަސްތައް. މަންމައަކަށްވިފަހުން ވަރަށް ވަރަށް އެކްސައިޓިން ލައިފް. މިހާރު ދިރިއުޅެނީ ވެސް ހުޅުމާލޭގައި. އެހެންވީމަ ވެސް ވަރަށް އެކްސައިޓިން އަދި އެޑްވެންޗަރަސް. ވަރަށް މަޖާ. ދަރިފުޅު ބޮޑުވާތަން ފެންނާތީ ވަރަށް އުފާވޭ. އެވްރި ސްޓޭޖު އޮފް ހިޒް ލައިފް، އެކްސްޕްލޯރިން ލައިފް ވިތު ހިމް، ވިތު ފެމިލީ އިޒް ވެރީ އެކްސައިޓިން.
(އަނެއް އަޕްޑޭޓަކީ) މި ދެ އަހަރު ތެރޭގައި ވަރަށް ބައިވަރު ލަވަތަކަކަށް ވެސް އެބަ މަސައްކަތްކުރެވޭ. ލައިފް އިޒް ގުޑް އިރާދަކުރެއްވިއްޔާމު ހަމަ.
2- އަލަތު ދަރިފުޅަށް ފަހު އަދިވެސް މިއުޒިކް ލައިފާއި ކެރިއާ އަށް އެނބުރި ނާދެވޭހެން ހީވަނީ. މި ބްރޭކްގެ މުހިންމު ކަމާއި މި ބްރޭކްގައި ލައިފް އެންޖޯއިކުރަމުންދާ ވަރު ކިޔާލަދީބަލަ؟
އުނޫޝާ: އަޅުގަނޑު މިހާރު ޕާފޯމްކުރާތާ ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެއްޖެ. ޝޯސް، އިވެންޓްސް އަދި ރިކޯޑިންސްތަކުގައި މަސައްކަތްކުރާތާ. އައި ހެވް ބީން އެންޖޯއިން މައި އާޓިސްޓް ލައިފް ވަރަށް ބޮޑަށް. ދެން ވަރަށް ގިނަ އަހަރުތަކަކަށް ފަހު ބޭބީއެއް ލިބުނީމަ ހަމަ ބޭނުންވީ ގޭގައި މަޑުކޮށްލަން. އެކްސްޕްލޯކޮށްލަން މި ނިއު ޖާނީ. އެންޑް އަމް ލަވިން ދިސް އަ ލޮޓް. އަދި ހިތަށް އެރީ ހަތަރު އަހަރު ވަންދެން މަސައްކަތް އިސްނުކޮށް، އެހާ ގިނައިން ރިސޯޓަށް (ޕާފޯމްކުރަން) ނުގޮސް ބޭބީއަށް ފުލްޓައިމް ދޭން. ވަރަށް އިމްޕޯޓެންޓް އަހަރުތަކެއް މިއީ ދަރިފުޅުގެ. އެހެންވީމަ. މި ލައިފް ވަރަށް އެންޖޯއިކުރަން. އަދި ބޭބީއާ އެކު ގޭގައި މި ވަގުތު އުޅުނަސް އިތުރު މަސައްކަތް ކުރަމުން މި ދަނީ މިހާރު ވެސް.
3- އާ ލަވަތަކެއް ނުވަތަ މިއުޒިކްގެ މަސައްކަތެއް އެންމެ އަވަހަށް އަހަރެމެންނަށް އަޑުއިވޭނީ ކިހާތާކު؟ އާ ލަވަ އާއި މިއުޒިކް އަދި ޕްރޮޖެކްޓްތަކާ އެކު އެކްސައިޓްވެފައިވާ ވަރަކީ ކޮބާ؟
އުނޫޝާ: ކިޑީ އާއި ހަމީ އާއި ބާޗީ އާއި ނަސޫ. އަޅުގަނޑުމެންގެ ޕޭރެންޓްހުޑް ފެއްޓިފަ މިހާރު މި އޮތީ. މިހިސާބުން ފެށިގެން އެންމެ ބޮޑަށް އަޅުގަނޑުމެންގެ ފޯކަސް މިހިރީ އަޅުގަނޑުމެންގެ ކުދިންނަށް. މިދިޔަ ދެ އަހަރު ކުރި ކަމަކީ އެއީ. އެކަމަކު ދެ އަހަރު ތެރޭގައި (މިއުޒިކް) މެޓީރިއަލްސް ވެސް އުފެއްދިން. އެކަމަކު އަދި ކިރިޔާ ސްޓޫޑިއޯ އަށް މި ވަނީ ރަސްމީކޮށް. އެހެންވީމަ މިއީ (ބްރޭކަށް ފަހު މިއުޒިކާއި ލަވައިގެ މަސައްކަތް) ފެއްޓި އަހަރޭ ބުނެވިދާނެ. ވަރަށް އެކްސައިޓެޑް.
އީދަށް ފަހު އަޅުގަނޑުގެ ފުރަތަމަ ޕްރޮޖެކްޓް ލޯންޗުކުރެވިގެންދާނެ. އޭގެ އިތުރަށް ފަހު ވެސް ވަރަށް އެކްސައިޓިން ކަމެއް އެބައޮތް. އަލަހަމްދުލިﷲ، އިރާދަކުރެއްވިއްޔާމު، އަޅުގަނޑަށް މިހާރު މި ވަނީ އިންޓަނޭޝަނަލް ސުޕަސްޓާއަކާ އެކު ލަވައެއް ކިޔުމުގެ ފުރުސަތު ލިބިފައި. އީދަށް ފަހު އެ ލަވަ ވެސް ހުރިހާ ބޭފުޅުންނަށް ފެނިގެންދާނެ.
4- ލައިފްގެ މި ދަތުރުގައި ދިމާވި އެންމެ ސަޅި ކަންކަމާއި ތަޖުރިބާ އާއި އަހަރުތަކަކީ ކޮބާ؟
އުނޫޝާ: މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި ވަރަށް ބައިވަރު އިވެންޓްސްތަކުގައި ޕާފޯމްކުރެވިއްޖެ. މޯލްޑިވިއަން އައިޑޮލް އަށް ބެލިޔަސް، ސިންގް ވިތު ކިޑީ އަށް ބެލިޔަސް އަދި ޓްރެވަލް އެވޯޑްސް. އޭގެ އިތުރުން ރިސޯޓް ގިގުތަކާއި ރިކޯޑިންސްތައް ވެސް. އެ ހުރިހާ މެމޮރީއެއް، ކޮންމެ މަސައްކަތެއް ވެސް ވަރަށް އެންޖޯއިކުރިން. ވަރަށް ސަޅި ތަޖުރިބާތަކެއް. ވަރަށް ބައިވަރު އެއްޗެހި ދަސްވި ކަންކަން. އަދި މިހައި ހިސާބަށް އައިއިރު ދަސްވި އެއްޗަކީ ރާއްޖޭގެ އާޓިސްޓުންނަށް އަދިވެސް ވަރަށް މަދުކަން ފުރުސަތު. އާޓް ޕްރޮމޯޓްކުރާނެ ގޮތެއް ނުވަތަ ޝޯކޭސްކުރާނެ ގޮތް ވަރަށް މަދު. އެއީ ވަރަށް ދެރަވާ ކަމެއް. އެކަމަކު ވަރަށް ކުޅަދާނަ އާޓިސްޓުން މިތަނުގައި މިހާރު ވެސް އެބަތިބި.
އަޅުގަނޑުމެންގެ ވެސް އަމާޒަކީ ރާއްޖޭގެ އާޓިސްޓުންނަށް ވީހާ ވެސް ގިނަ ފުރުސަތު ހޯދައިދީ ގިނަ އިވެންޓްސް ކްރިއޭޓްކުރުން.
މިއުޒިކް ލައިފުން ބަލާ ނަމަ ވަރަށް ހާއްސަ ހަނދާނަކަށް ވާނެ ހައިރައިޒާ އެކު ކޮލަމްބޯގައި ކުރިއަށް ގެންދިޔަ އުނޫޝާ ލައިވް އިން ކޮލަމްބޯ އާއި އުނޫޝާ ލައިވް އިން ކެރަލާ ޝޯތައް. ދެން ވޯލްޑް ޓްރެވަލް އެވޯޑް ޝޯތައް. ޓްރެވަލް އެވޯޑާއި ސާކް ސަމިޓްގެ އިތުރުން ބޮލީވުޑްގައި ލަވަކިޔަން ފުރުސަތު ލިބުން. އަދި މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަނަކީ ވެސް ވަރަށް ހާއްސަ ހަނދާންތަކެއް. އަސްލު ހުރިހާ އިވެންޓްސްތަކެއް ވެސް ވަރަށް ހާއްސަ އަޅުގަނޑަށް. މިގޮތަށް ކިޔަންޏާމު ވަރަށް ދިގު ލިސްޓަކަށް ވާނީ މި ލިސްޓް.
އެކަމަކު ވެސް އެންމެ ހެޕީވި ދުވަސްތަކަކީ ޕޭރެންޓްހުޑް ފެށުނު ދުވަސްތައް. މިއީ އެންމެ އެކްސައިޓިން ދުވަސްތައް. އެންމެ ހެޕީ ޖާނީ. މިއީ މިއުޒިޝަނެއްގެ ގޮތުގައި ވެސް ބަދަލުކޮށްލި ތަޖުރިބާއެއް. މިސާލަކަށް ރާގުތައް ހެދުމުގައި ވެސް.
5- ސްޓޭޖު މަތިން ފެންނަ އުނޫޝާ އާއި އާންމު ދިރިއުޅުމުގައި ފެންނަ ކިޑީގެ ލައިފަށް ބަލާއިރު ބުނެވިދާނެ ތިއީ ރާއްޖޭގައި އެންމެ ރަނގަޅަށް ޑިސިޕްލިން ހިފަހައްޓާ އާޓިސްޓޭ. މިގޮތަށް ދިރިއުޅުން ހަމަޖައްސައި ބައްޓަންކުރާ ގޮތް ކިޔައިދީބަލަ؟
އުނޫޝާ: ޕާސަނަލް ލައިފް ވަރަށް ޕްރޮމޯޓްނުކުރެވޭ ސޯޝަލް މީޑިއާގައި. އަބަދުވެސް ޕްރޮމޯޓްކުރެވެނީ ކޮށްފަ ހުރި މަސައްކަތްތަކާއި ލަވަތައް. އެކަމަކު މިފަހުން ފަށައިފިން (ޕާސަނަލް) ފެމިލީ ލައިފް ވެސް އެގޮތަށް ޕޯސްޓްކުރަން. އަޅުގަނޑަކީ ވަރަށް ފެމިލީ ޕާސަންއެއް. އަދި އެޒް އަ މަދާ، އެޒް އަ ގްރޭންޑް ޑޯޓާ އަދި އެޒް އަ ޑޯޓާ، ސިސްޓާ، ޓީޗާ، ފްރެންޑް، ވައިފް އަދި އެޒް އޭން އާޓިސްޓް އަޅުގަނޑު އަބަދުވެސް އެންމެ ފޯކަސްކުރާ އެއް ކަންތައް އެއީ ޓު މެއިންޓެއިން ޑިސިޕްލިން. އެންޑް ޓު ބީ ހަމްބްލް.
6- ބޮޑުވެގެން އައިއިރު މާހައުލުގައި އެކުގައި އުޅުނު މީހުންނާ އެކު އަމިއްލަ ލައިފްސްޓައިލާއި އާޓާއި މިއުޒިކް ޓޭސްޓަށް އަސަރުކުރި ގޮތް ކިޔައިދީބަލަ؟
އުނޫޝާ: އަލްހަމްދުލިﷲ. އައި ހެވް ބީން ބްލެސްޑް އިން މައި ލައިފް. ކުޑައިރަށް ބަލާ ނަމަ މަންމަ އާއި ބައްޕަގެ ޝޯތައް، އެ ޝޯތައް އެހާ ގާތުން ފެނި ބަލައިލުމުގެ ފުރުސަތު ލިބުމަކީ ވެސް ވަރަށް ބޮޑު ބްލެސިންއެއް. މަންމަގެ އިރުޝާދާއި މަންމަ ނަގައިދިން ފިލާވަޅުތައް. ލަވަކިޔަން ދަސްކޮށްދޭން އެކޮށްދިން ހުރިހާ ކަމަކީ ވެސް ވަރަށް ބޮޑު ބްލެސިންއެއް. ޓީޗަރުންނަށް ބެއްޔަސް. އަޅުގަނޑުގެ (ކެރިއަރުގައި) ވަރަށް ހާއްސަ މީހެއް (ލަވަކިޔުންތެރިޔާ މުހައްމަދު އަބްގުލްޣަނީ) ތޭރަވާ އަކީ ވެސް، މި ހިސާބަށް އަޅުގަނޑު އައުމުގައި. ބެންހާހަބީބް، އެމޭޒަން ޖޭޑްގެ ހުރިހާ މިއުޒިޝަނުން. ނަސީރުބެ، ހައިރައިޒް އިއްސެ ވެސް.
ދެން (އަޅުގަނޑުގެ މިއުޒިކް ޕްރޮޑިއުސަރު) ބާޗީއާ ދިމާވުން އެއީ ލައިފްގައި ލިބުނު ވަރަށް ބޮޑު ރަހުމަތެއް. އަޅުގަނޑުގެ ކޮއްކޮ އަދި އާއިލާ އާއި ރައްޓެހިންގެ އިތުރުން ދެން ލިބޭ އެންމެ ބޮޑު ހިތްވަރަކީ އަޅުގަނޑުގެ ފިރިމީހާ ހަމީ އަޅުގަނޑުގެ ލައިފަށް އައުން. މި އެންމެންގެ އެހީއާ އެކު މިހިސާބަށް އާދެވިފައި މިހިރީ.
7- ކްރިއޭޓިވް ޕްރޮސެސް ގެންގުޅޭ ގޮތާއި އައިޑިއާސްތައް ހޯދާ ގޮތާއި މަސައްކަތްކުރާ ގޮތަކީ ކޮބާ؟
އުނޫޝާ: ބޭބީ ލިބުމުގެ ކުރިން އެންމެ ގިނައިން މަސައްކަތްކުރެވެނީ ރޭގަނޑު. ރޭގަނޑުގެ އެ ވަގުތަކީ މާލޭގައި އުޅުނުއިރު ހިމޭންވުމުގެ އިތުރުން ވަރަށް އިންސްޕަޔާ ވެސް ވާ ވަގުތެއް. އެވަގުތުގެ ހިމޭންކަމާއި ޕީސްއާ އެކު ވަރަށް ރަނގަޅަށް މަސައްކަތްކޮށްލެވޭނެ. ދެން އާންމުކޮށް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާނީ ރިސޯޓްތަކުގައި ކުޅެން ޖެހޭ ގަޑިތަކާއި ދުވަސްތަކަށް ބަލައިގެން. އެކަމަކު މިހާރު ވޯކްޕްރޮގްރެސް ދަނީ (ދަރިފުޅު) ގެ ވަގުތު ނަގާފަ ދެން ލިބޭ ހުރިހާ ފްރީ ވަގުތެއްގައި މަސައްކަތް މިކުރަނީ އާ މިއުޒިކް އުފައްދަން ހަމަ ވީވަރަކުން.
8- ބޮޑު އިވެންޓަކަށް ރެޑީ ވަނީ ކިހިނެއް؟
އުނޫޝާ: ކޮންމެ ކަހަލަ އިވެންޓެއްވިޔަސް. ޕާފޯމަންސެއްވިޔަސް. އިންޓަވިއުއެއްވިޔަސް. ޓީމު އެކީގައި ޑިސްކަސްކޮށްލާފައި އަބަދުވެސް އެކަމަކަށް ރެޑީވެލަން ކުރީބައިގައި. ޑްރެސް އަށް ބެލިޔަސް، ލަވަ އަށް ބެލިޔަސް ނުވަތަ ދައްކާނެ ވާހަކައަކަށް ބެލިޔަސް ކުރީގައިބައި ރެޑީވެލާފައި އަބަދުވެސް ވަރަށް އެޓެންޝަން ދެން ޑީޓެއިލްސް އަށް. އެގޮތަށް ކުރިއާލައި ތައްޔާރުވެލީމަ މައިންޑް ވެސް ވަރަށް ކާމްވޭ. އިތުރަށް ކޮންފިޑެންސް ވެސް ލިބޭ. ކޮންމެކަމަކާ ކުރިމަތިލާން ވެސް.
9- ކިޑީގެ ލައިފުގައި ތިބި ހާއްސަ އަންހެނުންނާއި އެ މީހުންގެ ފަރާތުން ހިތްވަރު ހޯދައި ކުރިއަށް ދާ ގޮތާއި އެމީހުންގެ ނުފޫޒު ލައިފަށް އޮންނަ ވަރަކީ ކޮބާ؟
އުނޫޝާ: އަޅުގަނޑަކީ ފެމިލީގެ އެންމެ ކުޑަ އަންހެން ކުއްޖާ. އާއިލާގައި އަޅުގަނޑަށް ވުރެ ކުޑަވާނީ ފިރިހެން ކޮއްކޮ ނާއިލް. ދެން މި ތިބެނީ ތިން އަންހެން ކުދިން އަޅުގަނޑުގެ ބޮޑަށް. އަޅުގަނޑުމެންގެ ފަސް ކުދިންނަށް ވެސް އިރާދަކުރެއްވިއްޔާމު މި ލިބުނީ ވަރަށް ވަރުގަދަ މަންމައެއް. ސްޓްރޯންގް އަދި އިންސްޕަޔަރިން އަންހެނެއް. އެކަމާ ވަރަށް ޝުކުރުވެރިވަން. ވަރަށް ވަރަށް އުފާވޭ.
އަޅުގަނޑުގެ މަންމަ އަކީ ވަކި ޕްރިންސިޕަލަކަށް ދިރިއުޅޭ މީހެއް. އަދިވެސް އެ ރޫލްސްތައް ގެންގުޅުއްވާ ލައިފްގައި. އޭގެ ސަބަބުން ވަރަށް ބައިވަރު ކަންކަން ދަސްވޭ. މަންމަގެ އެއް ދުވަހަށް ބެއްޔަސް ހެނދުނުހެނދުނާ ހޭލައިގެން ގަސް އިންދުން، ފެމިލީއާ އެ ބާއްވާ ހާއްސަ ކަނެކްޝަން. މީރު ކާ އެއްޗެހި ތައްޔާރުކުރުން. ހުރިހާ ކުދިން ވެސް މިހާ ގުޅިގެން އުޅެން ދަސްވީ މަންމައާ ހެދިއޭ ބުނާނީ. އެހެންވީމަ މަންމަ އަކީ އެންމެންގެ ވެސް ބިގެސްޓް އިންސްޕިރޭޝަން އަސްލު.
މަންމަ އަށް ފަހު ލައިފުގައި އެންމެ ހެލްޕްފުލް ސިސްޓާއަކީ އިވްރީ. އަޅުގަނޑަށް ވަރަށް އެޑްމަޔާކުރާނެ، ޕާސަނަލީ ވެސް ކެރިއާވައިސްކޮށް ވެސް އެންމެ ސަޕޯޓްކުރާ އެއް ސިސްޓާ. ދެ ވަނަ މަންމަ އެއީ އަޅުގަނޑުގެ. ދެން އަޅުގަނޑުގެ އާންޓްސް އާއި ކަޒިންސް އަށް ބެލިޔަސް ވަރަށް ހިތްވަރުގަދަ މީހުން ހުސް ތިބީ. މިހާ ހިތްވަރު ގަދަ އަންހެނުންގެ ޓީމަކާ އެކު ބޮޑުވުމަކީ ވަރަށް ބޮޑު ބްލެސިންއެއް.
10- ކިތައް ބެސްޓްފްރެންޑުން ތިބޭތަ ކިޑީގެ ލައިފުގައި؟
އުނޫޝާ: އަޅުގަނޑުގެ ބެސްޓްފްރެންޑަކީ އަޅުގަނޑުގެ ދައްތަ އިވްރީ. މިހާތަނަށް އައިއިރު އަބަދުވެސް ކޮންމެ ކަމެއްގައި ވެސް، ނިންމި ކޮންމެ ނިންމުމެއްގައި ވެސް އެންމެ ކައިރީގައި ހުރި. އެންމެ ހެޕީ އަދި އެންމެ ސޭޑް މޮމެންޓްތަކުގައި ވެސް އަބަދުވެސް ގާތުގައި ހުރޭ. އެއީ ކިޑީގެ ހިތްވަރޭ ބުންޏަސް ރަނގަޅުވާނެ.
ވަރަށް ސީދާކޮށް (ދިމާލަށް) ބުނާނެ ހިތުގައި އޮންނަ އެއްޗެއް އިވްރީ. ދޮގެއް ނަހަދާނެ. އަދި އައި ކޭން ބީ ވެރީ އޯޕެން ވިތު ހާ. އެކުގައި އުޅޭ އެންމެ ކޮމްފޯޓެބްލް މީހާ އެއީ. އަދި އަހަރެމެން ދެ މީހުން ފައިޓް ވެސް ކުރަން. ފައިޓް ވެސް އޮންނާނެ އެކަމަކު ރެސްޕެކްޓްކުރާނެ އެކަކު އަނެކަކަށް ވަރަށް ބޮޑަށް. ރުޅިއައިސް ތިބެއްޖެ ނަމަ ދެ މީހުން ވާހަކައެއް ނުދައްކާނެ. ޓައިމް އައުޓެއް ނަގާލާފަ އަނެއްކާވެސް އެކަމަކު ވާހަކަ ދައްކަން ފަށަނީ އަނެއްކާވެސް ވިސްނައިގެން.
ދެން އަނެއް ބެސްޓްފްރެންޑަކީ ހަމީ. އައި ލަވް ހިމް ސޯ މަޗް. އެންމެ ބޮޑަށް އަޅުގަނޑު އަންޑަސްޓޭންޑްވާ މީހަކީ އެއީ. ބަލިވިޔަސް، ކޫސަނި މައްސަލަ ޖެއްސިޔަސް ސަކަރާތްޖެހިޔަސް، އެވްރި އިމޯޝަން އަދި އެވްރި މޮމެންޓް، ހަމީއާއެކީގަ އައި އެމް ދަ މޯސްޓް ކޮމްފޯޓެބަލް.
ބާޗީ އަކީ ވެސް ބެސްޓްފްރެންޑެއް. ހީ ނެވާ ގިވްސް އަޕް އޮން މީ.
11- އެންމެ ސްޓްރެސްވާ ކަންކަމަކީ ކޮބާ؟ އަދި ސްޓްރެސްނުވެ މަސައްކަތްކުރާ ގޮތަކީ ކޮބާ؟
އުނޫޝާ: ކޮންމެ މީހެއްގެ ލައިފްގައި ވެސް ސްޓްރެސްވާ ކަންތައްތައް ހުންނާނެ. ކިޑީގެ ލައިފްގައި ވެސް ސްޓްރެސްފުލް ޑޭއިސް ދޭ. އެކަމަކު އަބަދުވެސް ވަރަށް ޓްރައިކުރަން މެއިންޓެއިންކުރަން. މިސާލަކަށް ސެލްފްޓައިމްކޮޅެއް ނަގާލައި، ޔޯގާ ހަދާލައި އެކަހަލަ ކަންކަންކޮށްލަން. ދެން ކަމަކާ މާ ބޮޑަށް ވިސްނެންޏާމު އަބަދުވެސް ވާހަކަ ދައްކައި މަޝްވަރާކުރަން. އެގޮތަށް އަބަދުވެސް ބަލަން އޯވާ ތިންކްނުކޮށް ސްޓްރެސްއާ ހަމަ އަށް ނުގޮސްވޭތޯ.
12- މީހުން ކިޑީއޭ ކިޔައިގެން ކޮށްފައި ހުންނަ ނެގެޓިވް ކޮމެންޓްތަކާ ޑީލްކުރަނީ ކިހިނެއް؟
އުނޫޝާ: ނެގެޓިވް ކޮމެންޓްސް އަދި ނެގެޓިވް އެނާޖީއަކަށް ރިއެކްޓެއް ނުކުރަން މިހާތަނަކަށް. ކޮންމެ ބޭފުޅެއްގެ ވެސް ހިޔާލު އެއީ. އެހެންވީމަ ކޮންމެ ބޭފުޅެއްގެ ހިޔާލަށް ވެސް ރެސްޕެކްޓްކުރަން.
13- ވެޑިން ޑްރެސް އަދިވެސް އެބައޮތްތަ؟ އިވެންޓްތަކުގައި ބޭނުންކުރާ ހެދުންތައް ދެން އެއްލާލަނީތަ؟
އުނޫޝާ: ވެޑިން ޑްރެސް ދެ މީހުންގެ ވެސް ސޭވްކުރިން. އެކަމަކު (އެ ހެދުންތަކެއް) ފިޓެއް ނުވޭ މިހާރަކު. އެކަމަކު ވެސް ދެން ކޮންމެވެސް ދުވަހަކުން ފިޓުވެދާނެ ކަމަށް ބާއްވާލާފައި އެ އޮތީ. އަނެއްކޮޅުން އެންމެ ބެސްޓް މެމޮރީއަށް ވާތީވެ. އެގޮތަށް މުހިންމު އިވެންޓްތަކުގައި ބޭނުންކޮށްފައި ހުންނަ ހެދުންތައް ސޭވްކުރަން. އެކަމަކު ގިނަ ހެދުންތައް ބޭނުންވާ މީހަކަށް ދެނީ.
14- އާޓިސްޓެއްގެ ގޮތުގައި މިހާރު އާދެވިފައި ހުރި ހިސާބު ސިފަކުރަނީ ކިހިނެއް؟
އުނޫޝާ: ވަރަށް ޝުކުރުވެރިވަން މިހާ ހިސާބަށް އާދެވުނީމަ ރާއްޖޭގައި. އެކަމަކު އަދިވެސް ބޭނުންވާ ހިސާބަކަށް ނުއެއް ދެވޭ. ބައިވަރު ޕްރޮޖެކްޓްސް އަދި އައިޑިއާސް އެބަހުރި އަދިވެސް ދައްކާލަން ބޭނުންވާ. އިރާދަކުރެއްވިއްޔާމު އެކަންކަން ވެސް ހާސިލުކުރެވޭނެ. ހަމަ އެކަންތައް ހާސިލުކުރަން ވަރަށް ބުރަކޮށް މަސައްކަތް ވެސް އެބަ ކުރަން. އެކަމަކު އަދިވެސް ހަމަ ގްރޯވިން އެޒްއެން އާޓިސްޓް.
15- ލަވަކިޔުންތެރިއަކަށްވުންތަ މުހިންމީ މަންމައަކަށްވުންތަ މުހިންމީ؟
އުނޫޝާ: ވޯކް އަދި ކެރިއާގެ ކުރިއަށް އިންނާނީ މަންމައަކަށް ވުން. އެއީ ހަމަ އެންމެ އެކްސައިޓިން ކަންތައް. ބޭބީ އަށް ދޭން ޖެހޭ ޓައިމް ދީފަކާއެއް ނޫނީ ނުދަން އެހެން މަސައްކަތެއް ކުރާކަށް. އަބަދުވެސް ބަލަން ބޭބީގެ ލައިފް ބެލެންސްކުރެވޭތޯ. އެންޑް ޓު ބީއަ މަދާ އިޒް ދަ މޯސްޓް އެމޭޒިން ފީލިން އިން ދަ ވޯލްޑް.
16- އެންމެ އިންސްޕަޔަރިން އާޓިސްޓަކީ ކޮބާ؟ އަދި ބައްދަލުކޮށްލަން ބޭނުންވާ އާޓިސްޓަކީ؟
އުނޫޝާ: 17- އެލީޝާ ކީސް. އަބަދުވެސް ސަމްވަން ކްލޯޒް ޓު މައި ހާޓް. ލަވަތަކަށް ބެލިޔަސް ލައިފްސްޓައިލަށް ބެލިޔަސް އައި ޖަސް ލަވް ހާ. ވަރަށް އިންސްޕަޔަރިން މީހެއް. އެލީޝާ ކީސްއާ ދިމާވެވިއްޖެއްޔާމު އެކަން ވާނީ ވަރަށް ސަޅި ކަމަކަށް.
17- ކަރޯކޭއެއްގައި ނަމަ ކޮން ލަވައެއްތަ ކިޔާނީ؟
އުނޫޝާ: ކަރޯކޭއެއްގައި އަސްލު ހުރިހާ ސްޓައިލެއްގެ ލަވަ ވެސް ކިޔަން. ހިންދީ، އިންގްލިޝް، އަރަބި އަދި ދިވެހި. ހުރިހާ އެއްޗެއް ވެސް ކިޔަން. އައި ޖަސް ގޯ ވިތު ދަ ފްލޯ.
18- އެންމެ ބޮޑު އުފަލަކީ؟
އުނޫޝާ: އެންމެ ބޮޑު އުފަލަކަށް ވާނީ ދަރިފުޅާއި ހަމީ. އަދި އަޅުގަނޑުގެ އާއިލާ.