ދިވެހިންނާ އެކި ގޮތްތޮތުން ގުޅި ލާމެހިފައި އޮތް މަލިކަށް ދާން ފަސޭހަ ނޫނަސް ސްޓްރީމިން އެޕް ބައިސްކޯފުން ބެލުންތެރިންނާ އެކު މި ދަނީ މަލިކަށެވެ.

"މަލިކު ދަތުރު" ގެ ނަމުގައި ގެނެސްދޭން ފަށާފައިވާ މި ދަތުރުނާމާގެ ދެ އެޕިސޯޑެއް މިހާރު ވެސް ބައިސްކޯފުން ބެލޭނެ އެވެ.

މި ދަތުރުނާމާ މި ގެނެސްދެނީ ކުރިން ޓީވީއެމްގެ މަސައްކަތްކުރި ޕްރެޒެންޓަރު މުހައްމަދު ޝަނޫނާ އެކީގަ އެވެ. އޭނާގެ ޑައިރެކްޝަންކަމުގެ ދަށުން މަލިކުން ގެނެސްދޭ އިރު މަލިކުން ޓުއާގައިޑެއްގެ ގޮތުގައި ބައިވެރިވާނީ ރާއްޖެ އަށް ފަރިތަ މަލިކު މުހައްމަދެވެ. އޭނާ އަކީ ރާއްޖޭގެ މުނިފޫހިލިވުމުގެ ދާއިރާގެ ތެރެއިން ވެސް ފެނުފައިވާ މަޝްހޫރު މޫނެކެވެ. އަދި ދިވެހިންނާއި މަލިކާ ގުޅުވައި ދިނުމުގައި މުހައްމަދުގެ ހިއްސާ އަބަދު ވެސް ބޮޑެވެ.

ޑޮކިއުސީރީޒް "މަލިކު ދަތުރު" ގެ ވިއްސަކަށް އެޕިސޯޑް ގެނެސްދޭނެ އެވެ.