މިދިޔަ އަހަރު ނިމުނު އިރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ބޭންކުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން އެއީ އޭގެ ކުރީ އަހަރަށް ވުރެ 35 ޕަސެންޓުގެ އިތުރުވުމެކެވެ. އެމްއައިބީ އަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 278 މިލިއަން ރުފިޔާ އެވެ. އެއީ 97 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެމްއައިބީ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 895 މިލިއަން ރުފިޔާ ލިބުނެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 186 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެ ކުންފުންޏަށް 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 709 މިލިއަން ރުފިޔާ އެވެ.
އެ ބޭންކުގެ ހަރަދުތަކަށް މިދިޔަ އަހަރު 394 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މީގެ 15 އަހަރު ކުރިން އުފެއްދި އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުންފުނި އުފެއްދީއްސުރެ މިއަދާ ހަމައަށް އަންނަނީ ފައިދާ ބޮޑުކޮށް، ކުންފުނި ފުޅާކުރަމުންނެވެ.