މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވި ރައީސްގެ ސިޓީފުޅުގައި ވިދާޅުވީ، ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 15 ގައި ހަމަވާ ކަމަށާއި އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވައިލުމުން ކުރިމަތިލި މީހުންގެ ނަންތައް ފޮނުއްވީ ކަމަށެވެ.

ބްރޯޑްކޮމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް:

1. ޝިހާމް މުހައްމަދު ވަހީދު- ދަފްތަރު ނަމްބަރު ރސ 5143

2. ޝާން ސޯލިހު މުހައްމަދު- ފިނިވާދީގެ، ދ. ކުޑަހުވަދޫ

3. ހުސެއިން އަމްރު- ވ. ރޯޝަން

4. ޝަފާ ޝަފީގް- ބިއްލޫރިވިލާ ދ. މީދޫ

ރައީސް ދާދި ފަހުން ވަނީ ބްރޯޑްކޮމަށް އައްޔަން ކުރަން އިތުރު ފަސް ނަމެއް ވެސް މަޖިލީހަށް ފޮނުއްވައިފަ އެވެ. އެއީ މިދިޔަ މަހުގެ 8 ގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު ގައިސްގެ ބަދަލުގައި އެ ކޮމިޝަނަށް އައްޔަން ކުރާނެ މެންބަރަކު ކަނޑައެޅުމަށެވެ.

އެ މަގާމަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަ މިހާރު އޮތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގަ އެވެ.