ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
ރިޕޯޓް
ދެ އިންތިހާބު އެއްކޮށްލުމުގައި އެކި ވިސްނުން، ރަނގަޅީ ކޮން ގޮތެއް؟
ރިޔާސީ އިންތިހާބުގެ ސިޔާސީ ފޯރީގައި ސަރުކާރާއި ޕާޓީތަކާއި ރައްޔިތުން އަހަރެއްހާ ދުވަސް ހޭދަކޮށް، އެ އިންތިހާބު ނިންމާލުމާ އެކު، މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ފެށެނީ އިންތިހާބުގެ ކެމްޕެއިނެކެވެ. އަލަށް ހޮވޭ ސަރުކާރު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ހުސްވާން ޖެހި، ސިޔާސީ ހަލަބޮލިކަމުގައި އަނެއްކާވެސް މަސްތަކެއް ހޭދަވެގެން ދެ އެވެ. މިކަމުގައި އެތައް ހަރަދެއް ދައުލަތާއި ސަރުކާރު އަދި ޕާޓީތަކުން ވެސް ކުރަން ޖެހޭއިރު، ގައުމު އޮންނަނީ ހުއްޓިފަ އެވެ. މަޖިލިހުގެ އިންތިހާބު ނިމޭއިރު އޮންނަނީ ވާނެ އެއްޗެއް ވެފަ އެވެ.
ނާޒިމް ހަސަން
1 yr
57