ދަމާސްގެ އަހަރީ ސޭލާއި ދަމާސް އާއި އިންޑެކްސް ފަރުނީޗަރުގެ ސޭލުން ވިޔަފާރިކުރި ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވުނު މީހުންނަށް އިނާމު ދީފި އެވެ.
ދަމާސް ފަރުނީޗަރުން އިންޑެކްސް ފަރުނީޗަރުގައި ބޭއްވި އަހަރީ ސޭލުގެ ނަސީބުވެރިން ހޮވަން ގުރު ނެގީ އިއްޔެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 1 އިން މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު މީހުންނަށް ހާއްސަ އިނާމުތަކެއް ދިނުމެވެ.
މި ގުރުއަތުން އެއް ވަނަ އަށް ހޮވުނު މިގްދާދަށް ދީފައި ވަނީ އިންޑެކްސް ބްރޭންޑުގެ ބެޑްރޫމް ސެޓެކެވެ. ދެވަނަ އަށް ދިޔަ އައިމިނަތު ޝިފާނާއަށް ސޯފާއެއް ލިބުނު އިރު، ތިން ވަނައަށް ހޮވުނު މަރީ އަށް ދީފައި ވަނީ ޑައިނިން ސެޓެކެވެ.
އެމްއެފްއެލްސީ ސްކީމް ބޭނުންކޮށްގެން އިންޑެކްސް ބްރޭންޑުގެ ފަރުނީޗަރު ގަތް މީހުންނަށް ވެސް ހާއްސަ އިނާމެއް އެތަނުން ދިނެވެ. އެ ސްކީމްގެ ތެރެއިން ވިޔަފާރި ކުރި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު އަހުމަދު ވިޝާމަށް ދީފައި ވަނީ ސޯފާ ބެޑެކެވެ.
މީގެ އިތުރުން ދަމާސް ފަރުނީޗަރުން ކުރިއަށް ގެންދިޔަ "އިޔާ އެންޑް ޕްރޮމޯޝަން" ގެ ލަކީ ޑްރޯއިން ވަނަ ލިބުނު މީހުން ހޮނިހިރު ދުވަހު ވަނީ ހޮވައިފަ އެވެ. އެ ކުންފުނީގެ އަހަރީ ސޭލްގެ ހަރަކާތްތައް މިދިޔަ އަހަރު ގެންދިޔައީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށެވެ. މި ޕްރޮމޯޝަން ވެސް ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު 1 އިން މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރި މީހުންނަށެވެ. ދަމާސް ފަރުނީޗަރުން މި އަހަރު ޑިޖިޓަލް ކޫޕަން ފޮނުވާފައި ވަނީ އެސްއެމްއެސް މެދުވެރިކޮށެވެ.
މި ސޭލްގައި ވިޔަފާރި ކުރި މީހުންގެ ތެރެއިން އެއް ވަނަ އަށް ހޮވުނު ހާމިދަށް ބެޑްރޫމް ސެޓެއް ލިބުނު އިރު، ދެ ވަނަ އަށް ދިޔަ އަހްމަދު ނާފިޒް މުހައްމަދަށް ލިބިފައި ވަނީ ގޮދަޑި އެކެވެ. އަދި ތިން ވަނަ އަށް ހޮވުނު މުހައްމަދު ޝުދުން އާސިފަށް ދިނީ ޑައިނިން ސެޓެކެވެ.
އަންނަ ރޯދަ މަހަށް ހާއްސަކޮށް ދަމާސް އިން ކުރިއަށް ގެންދަން ރާވާފައިވާ ސޭލްގައި ވެސް ގުރުއަތުން ހޮވޭ މީހުންނަށް ހާއްސަ އިނާމުތައް ދޭން ނިންމާފައިވާ ކަމަށް ދަމާސް އިން ބުންޏެވެ.