ފިތުރު އީދާ ދިމާކޮށް ސޮނީ ސްޕޯޓްސް ފެޝަން ފިހާރަ އާއި ލިވައިސް ގުޅިގެން ލަކީ ޑްރޯއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ލަކީޑްރޯގައި ބައިވެރިވެވޭނީ 1،500 އަށް ވުރެ މަތީގެ އަދަދުތަކުން ވިޔަފާރި ކުރާ ފަރާތްތަކަށެވެ.
ސޮނީ ސްޕޯޓްސް ފެޝަން ފިހާރައިން ބުނި ގޮތުގައި މި ލަކީޑްރޯގެ ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ އީދަށް ފަހު އެވެ.
މި ލަކީޑްރޯގެ ނަސީބުވެރި ފަރާތަށް ލިބޭ އިނާމެއްގެ ގޮތުގައި ދެ މީހަކަށް ރިސޯޓެއްގައި އެއް ރެއާއި ދެ ދުވަހުގައި ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން އީދާ ދިމާކޮށް ސްޕޯޓްސް ފެޝަން ފިހާރަ އާއި ލިވައިސް އަދި ސޮނީ ސްޕޯޓްސް ކިޑްސް އިން ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ވަނީ ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.