ހޮނިހިރު ދުވަހު ދެކުނު ކޮރެއާގައި ބޭއްވި ހެލޮވީން އެއްވުމެއްގެ ތެރޭގައި ފިތި ބާރުވެގެން އެތައް ބަޔަކު މަރުވި އިރު އޭގެ ތެރޭގައި އެ ގައުމުގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޖީ ލިހާން ވެސް ހިމެނިއްޖެ އެވެ.

ލީ ޖިހާން، 24، ގެ އިތުރުން މި އެއްވުމުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ.

ލީގެ އެޖެންސީ "935 އެންޓަޓައިންމަންޓް" އިން ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.

"ފިތި ބާރުވުމުގެ ހާދިސާގައި ލީ މަރުވެފައިވާ ކަމުގެ މަރުގެ ޚަބަރު މި ދެނީ ހިތާމަޔާ އެކު. އޭނާގެ އާއިލާ އާއި އޭނާ ދެކެ ލޯބިވާ އެންމެންނަށް މި ހިތްދަތި ވަގުތު ތައުޒިޔާ ކިޔަން،" އެޖެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަރުވި ފަންނާނީ ދެކުނު ކޮރެއާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އަރަމުން އަންނަ ތަރިއެކެވެ.