ރޯމް (ނޮވެމްބަރު 21) – އަންނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން ކުރިމަތިވި ޕްރެޝަރުތަކާ އެކު އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ޗެއާމަން ކާލޯ ޓަވެޗިއޯ އިސްތިއުފާ ދީފި އެވެ.

ކޮލިފައިނުވުމާ އެކު ޓަވެޗިއޯ ވަނީ އިޓަލީގެ ކޯޗުކަމުން ޖިއަމްޕިއޭރޯ ވެންޗޫރާ ވަކިކޮށްފަ އެވެ. އެކަމަކު ގިނަ ބަޔަކު ވަނީ މިކަމުގައި ކުށްވެރިވަނީ ވެންޗޫރާ އެކަނި ނޫން ކަމަށް ބުނެ ޓަވެޗިއޯގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ.

ވަގުތުން ވަގުތަށް އިސްތިއުފާ ދީފައިނުވާތީ އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ޖިއޮވާނީ މަލާގޯގެ ފަރާތުން ޓަވެޗިއޯ އަށް ޕްރެޝަރު އަ އެވެ. އޭނާ އެންމެ ފަހުން އިސްތިއުފާ ދިނީ ފެޑެރޭޝަނުގެ ފެޑެރަލް ކައުންސިލުގެ ބައްދަލުވުމެއްގަ އެވެ. އެއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރުޅިގަދަވެފައި ހުރި ޓަވެޗިއޯ ވަނީ މިކަމުގައި އޭނާ އެކަނި ކުށްވެރިވާންވީ ސަބަބެއް ނުވިސްނޭ ކަމަށް ބުނެފަ އެވެ.

ޓަވެޗިއޯ ބުނީ ފެޑެރަލް ކައުންސިލްގެ މެމްބަރުން ވެސް އިސްތިއުފާ ދިނުމަށް އޭނާ އެދުނު ކަމަށާއި އެކަމަކު އެއްވެސް މީހަކު އެކަން ނުކުރި ކަމަށެވެ.