އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު 8ގެ ޚާއްސަ އެޑިޝަން، ޕްރޮޑަކްޓް ރެޑް އުރީދޫ އިން މިއަދު ވިއްކަން ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިން ބުނީ މިދިޔަ މަހު 10 ގައި ބާޒާރަށް ނެރުނު އައިފޯނު މިއަދުން ފެށިގެން އުރީދޫ އިން ލިބެން ހުންނާނެ ކަމަށެވެ.

އައިފޯން 8 އަދި 8 ޕްލަސްގެ ރެޑް އެޑިޝަންގައި ހުންނަނީ 256 ޖީބީގެ ފޯނެވެ. އުރީދޫ އިން ބުނީ ރެޑް އެޑިޝަން އިންސްޓޯލްމަންޓަށް ވެސް ދޫކުރާނެ ކަމަށެވެ.

އުރީދޫ އިން ބުނީ އައިފޯން 8 އަދި 8 ޕްލަސްގެ ރެޑް އެޑިޝަން އިންސްޓޯލްމަންޓަށް ނަަގާ ނަމަ ޑައުންޕޭމަންޓަށް ދައްކަން ޖެހޭނީ 1،999ރ. ކަމަށެވެ. ބަހާލައިގެން، 12 މަސް ދުވަހުން ފައިސާ ދައްކާ ނިންމާނަމަ މަހަަކަށް ދައްކަން ޖެހޭނީ އައިފޯން 8ގެ ރެޑް އެޑިޝަނަށް 1،275ރ. އަދި އައިފޯން 8 ޕްލަސްގެ ރެޑް އެޑިޝަނަށް 1،452ރ. އެވެ.

އައިފޯން ރެޑް އެޑިޝަން، އުރީދޫ އިން ގަންނަ މީހުންނަށް 12 މަސް ދުވަސް ވަންދެން ހިލޭ ތިން ޖީބީ ޑާޓާ ލިބޭނެ އެވެ.

އެޕަލް އިން އައިފޯނުގެ ރެޑް އެޑިޝަން ނެރެނީ އެ ވިއްކައިގެން ލިބޭ ފައިސާ އިން ވަކި ވަރެއް ޚާއްސަ ކަމަކަށް ޑޮނޭޓް ކުރާ ގޮތަށެވެ. އެގޮތުން މިފަހަރު އަައިފޯން 8 އަދި 8 ޕްލަސްގެ ރެޑް އެޑިޝަން ވިއްކަައިގެން ލިބޭ ފައިސާއިން އެންމެ ބޮޑު ހަރަދެއް ކުރާނީ މައިންގެ ކިބައިން ތުއްތުކުދިންނަށް އެޗްއައިވީ/އެއިޑްސް ޖެހޭ މިންވަރު މަދުކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއި ތަހުލީލުތައް ކުރުމަށެވެ.