މަލަޔާލަމް ފިލްމު "ޖޯސެފް"ގެ ހިންދީ ރިމޭކެއް ހަދަން ނިންމައި، އެ ފިލްމުގެ ލީޑް އެކްޓަރަކަށް ސަނީ ޑިއޯލް ހަމަޖައްސައިފި އެވެ.
"ޖޯސެފް" އަކީ އެމް ޕަދްމާކުމާރު ޑައިރެކްޓްކޮށް، 2018 ގައި ނެރުނު ކްރައިމް ތުރިލާއެކެވެ. އެއީ ކުރީގެ އަނބިމީހާ މަރުވެފައިވާ ރިޓަޔާޑް ޕޮލިސް އޮފިސަރަކު ކުރާ ތަހުގީގަކުން ދިމާވާ އާދަޔާ ހިލާފު ކަންތައްގަނޑެއް ދިމާވާ ފިލްމެކެވެ. އެއީ އިންސާނުންގެ ގުނަވަންތަކުގެ ވަގުވިޔަފާރިކުރާ މައްސަލައެއް ފަޅާއަރާ ފިލްމެކެވެ.
އެ ފިލްމުގެ ޝޫޓިންތައް ފަށަން ނިންމާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ.
އެ ފިލްމުގެ ޕްލޮޓް ހަމަ މަލަޔާލަމް ފިލްމެކޭ އެއްގޮތަށް ބައިންދަން ނިންމާފައިވާއިރު، ހިންދީ އޯޑިއަންސާ ގުޅޭ ބައެއް ބަދަލުތައް ގެންނާނެ އެވެ.
ސަނީ ޑިއޯލްގެ އިތުރުން އެ ފިލްމުން ދެން ފެންނާނީ އަނިލް ޝަރްމާ އާއި އަމީޝާ ޕަޓޭލް އެވެ.