ބޮލުގައި ރިހުމަކީ އާދައިގެ ކަމެއް ގޮތުގައި ނުނަގާށެވެ. ބޮލުގައި ރިހޭ އެކި ސަބަބުތައް ހުރެ އެވެ. ރިއްސާއިރު ފެންނަ އަލާމާތްތަކުން ސަބަބު ދެނެގަންނަން ފަސޭހަވާނެ އެވެ.

ބޮލުގައި ރިއްސަނީ ކީއްވެކަން އަމިއްލަ އަށް ދެނެގަތުމުން އެކަމަށް ފަރުވާ ހޯދަން ފަސޭހަ ވާނެ އެވެ

ބޮލު ރިހުމުގެ 150 އަށް ވުރެ ގިނަ ވައްތަރު ހުރެ އެވެ. އޭގެ ތެރެއިން ވެސް މިއީ އެންމެ އާންމުކޮށް ކަންކަމެވެ.

ޓެންޝަން ހެޑޭކް

ކަންކަމުގައި އެންމެ ގިނައިން ފިކުރުކޮށް ވިސްނާ އެއްބަޔަކީ ޒުވާނުންނާއި ބޮޑެތި މީހުންނެވެ. މި ބާވަތުގެ ބޮލުގެ ރިހުމުގައި ގިނައިން ތަހައްމަލު ކުރަންޖެހެނީ އެ މީހުންނަށެވެ. މާ ބޮޑަށް ކަންކަމާ ވިސްނަން ޖެހުމުން ބޮލުގެ ރިހުން ގަދަވެ އެވެ.

މައިގްރޭން ހެޑޭކް

މައިގްރޭން ހެޑޭކަކީ ބޮލުގައި ބަރުއެއްޗެއް ބާއްވާފައި އޮންނަ ކަހަލަ ރިހުމެކެވެ. އެއްފަރާތަކަށް އާދަޔާ ހިލާފަށް ބަރު ތަދެއް އިހުސާސް ކުރުވާ ވޭން ހުރި ތަދެކެވެ. މި ރިހުން ބައެއް ފަހަރު ތިން ހަތަރު ދުވަހަށް ވެސް ދެމިގެން ދާނެ އެވެ. އަދި މަހަކު ހަތަރު ފަހަރަށް މި ރިހުމާ ކުރިމަތިލާން ވެސް ޖެހިދާނެ އެވެ. މައިގްރޭން ހެޑޭކްގެ އިތުރު އަލާމާތްތަކުގެ ތެރޭގައި އަލި ގަދަވުމުން އުނދަގޫވުމާއި އަޑުގަދަވުމުން އުނދަގޫވުމާއި ކެއުމާ ދުރުވެ ހޮޑުލެވުމާއި ބަނޑުގައި ރިހުން ފަދަ ކަންކަން ހިމެނެ އެވެ.

ކުޑަކުދިން ނަމަ މާބޮޑަށް ވަރުދެރަވެ، ބޮލަށް އެނބުރުން އަރައި ލޯ ފުސްވުމާއި ހުންއައިސް ބޮލުގައި ރިހުމާއި ބަނޑުގައި ރިއްސުން މިއީ މައިގްރޭން ހުންނަ ކަމުގެ އަލާމާތްތަކެވެ.

ކްލާސްޓާ ހެޑޭކް

މިއީ ބޮލުގެ ރިހުމުގައި އެންމެ ވޭން ހުރި ރިހުމެވެ. ލޯ ކައިރި ވަށައިގެން ނުވަތަ ލޮލުގެ އެތެރެއިން ރިހުމާ އެކު ދިލައެއް ނަގަ އެވެ. މި ރިހުން ކުއްލި ކުއްލިއަށް މެދުނުކެނޑިފައި ވެސް ހުންނާނެ އެވެ. މިފަދަ ރިހުން ހުންނަ މީހުންނަށް އިށީންނަން ވެސް އުނދަގޫވާ ފަހަރު އާދެ އެވެ. އަދި ލޯ ކުޑަކޮށް މެރި ޕިއުޕިލް އިތުރަށް ކުޑަވެ ލޮލުން ފެން ފައިބާން ފަށަ އެވެ. މިހެން ވުމުން ނޭފަތް ބެދެން ވެސް ދިމާވެ އެވެ.

ކްލާސްޓާ ހެޑޭކް ކިޔަނީ މި ހުރިހާ ކަމެއް އެއްފަހަރާ ކުރިމަތިވާތީ އެވެ. ދުވާލަކު ތިން ހަތަރު ފަހަރަށް މި ހުރިހާ ކަމެއް ކުރިމަތި ވާނަމަ އެއީ ކްލާސްޓާ ހެޑޭކްގެ އަލާމާތް ތަކެވެ. އަދި މި ކަންކަން ތިން މަހަށް ވެސް ދެމިގެން ދެއެވެ. ކޮންމެ ބޮލުގެ ރިހުމެއް 15 މިނެޓާ ތިން ގަޑި އިރަށް ދެމިހުރެ އެވެ. އަހަރު ތަކަކަށް ފަހު އެ ރިހުން އެއްކޮށް ދިޔަ ކަމުގައި ވިއަސް އަލުން އެނބުރި އާދެ އެވެ.

މިޒާތުގެ ރިހުން އަންހެނުންނަށް ވުރެ ފިރިހެނުންނަށް ތިން ހަތަރު ގުނަ އިތުރެވެ.

ކްރޯނިކް ޑެއިލީ ހެޑޭކް

މިބާވަތުގެ ރިހުން އާންމުކޮށް ކުރިމަތިވާތީ 3-15 ދުވަހު މުއްދަތަކަށެވެ. ބައެއް ފަހަރު ވަރަށް ކުރު މުއްދަތަކަށެވެ. އަދި އަނެއް ބައި ފަހަރު ހަތަރު ގަޑިއިރަށް ވެސް ރިހުން ހުރެ އެވެ. އެއީ އާންމުކޮށް ތިރީގައި ބުނެފައިވާ ބޮލުގެ ރިހުމުގެ ވައްތަރު ތަކެވެ.

ކްރޯނިކް މައިގްރޭން

ކްރޯނިކް ޓެންޝަން ހެޑޭކް

ނިއު ޑެއިލީ ޕާސިސްޓެންޓް ހެޑޭކް

ހެމިކްރޭނިއާ ކޮންޓިނުއާ

ސައިނަސް ހެޑޭކް

ކޮލު މަސްގަނޑުގައި ރިހުން ގަދަވެ، ނިތްކުރި އާއި ނޭފަތްމަތީގައި ރިހުން ގަދަވަނީ ސައިނަސް ހެޑޭކުގެ ސަބަބުންނެވެ. ސައިނަސް އިންނަ ޖާގަ ދުޅަވުމުގެ ސަބަބުން ބޮލުގެ ރިހުން ގަދަވެ އެވެ. އަރިދަފުސް ފޭބުން، ކަންފަތް ބައްވުން، ހުންއައުން ނުވަތަ މޫނު ދުޅަވުން މިއީ ސައިނަސް ހެޑޭކުގެ އަލާމާތެވެ. ސައިނަސް ހެޑޭކުން ސައިނަސް އިންފެކްޓްވެ އެވެ. ރޯގާ ހުންނަ ކުލަ ފެހި ރީނދޫ ކުލައަކަށް ހުންނަ ނަމަ އެއީ ސައިނަސް އިންފެކްޝަންގެ އަލާމާތެކެވެ.

އެކްސަސައިޒް ހެޑޭކް

މާ ބޮޑަށް އެކްޓިވް ވުމުން ބޮލާއި ކަރު އަދި ބޮލުގެ މަސްގަނޑަށް ލޭ އިތުރަށް ބޭނުންވެ އެވެ. ނަމަވެސް މީހާ ކުއްލިއަކަށް އެކްޓިވެ ވުމުން ލޭ ދައުރުވުން ދަށްވެ އެވެ. އެކަމުގެ ސަބަބުން ބޮލުގެ ދެފަރާތުގެ ރިހުން ގަދަވެ، 3 މިނެޓާއި 48 ގަޑިއިރާއި ދެމެދަށް ރިހުން ހުރެއއެވެ. ހަމަހުރެލާފައި ކުއްލިއަކަށް މީހާ އެކްޓިވް ވުމުން މިހެން ބޮލުގައި ރިއްސަ އެވެ.

-ވެބްއެމްޑީ-