ބީއެމްއެލްގެ ހިދުމަތްތައް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދުމުގެ މަގްސަދުގައި ބޭއްވި ހެކަތޮން ރޭ ނިންމާލައި މުހިންމު ތިން ކަމަކަށް ހައްލު ހޯދި ތިން ޓީމު ހޮވައިފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާފައި އެންމެ މޮޅު އުފެއްދުންތަކުގެ ގޮތުގައި ކަނޑައެޅީ ޑިޖިޓަލް އޮންބޯޑިން ސޮލިއުޝަނަކާއި ހަރަދުތައް ބަލަހައްޓާ ސޮލިއުޝަނަކާއި ފައިނޭސް މެނޭޖްކުރާ ސޮލިއުޝަނެކެވެ.

ހެކަތޮން ކާމިޔާބު ކުރި ޓީމުތައް

ހެކަތޮން ކާމިޔާބުކުރި ޓީމުތަކުގެ ތެރޭގައި ހިމެނޭ އަހްމަދު މަހްފޫޒް، ހުސައިން ޒަޔާން އަދި މޫސާ އިރުޝާނަށް އިނާމު ހަވާލުކުރަނީ. ---ފޮޓޯ: ބީއެމްއެލް
ހެކަތޮން ކާމިޔާބުކުރި ޓީމުތަކުގެ ތެރޭގައި ހިމެނޭ އަހްމަދު މަހްފޫޒް، ހުސައިން ޒަޔާން އަދި މޫސާ އިރުޝާނަށް އިނާމު ހަވާލުކުރަނީ. ---ފޮޓޯ: ބީއެމްއެލް

އަހްމަދު މަހްފޫޒް، ހުސައިން ޒަޔާން އަދި މޫސާ އިރުޝާންގެ ހުށަހެޅުމަކީ ޑިޖިޓަލް އޮންބޯޑިން ސޮލިއުޝަނެކެވެ. ޑިޖިޓަލް އޮންބޯޑިން އަކީ ކަސްޓަމަރުން އާ ހިދުމަތްތަކަށް އެދި ހުށަހެޅުން ފަދަ ކަންކަމުގައި ޑިޖިޓަލްކޮށް ފަސޭހަކަމާ އެކު އެކަން ކުރެވޭނެ ގޮތް ހެދުމެވެ.

ހެކަތޮން ކާމިޔާބުކުރި މުހައްމަދު އާތިކް އަލީ ރިޒާ، ފާތިމަތު އަރީން ނަސީމް އަދި މުހައްމަދު ޔާނިއު ރަމީޒަށް އިނާމު ހަވާލުކުރަނީ. --ފޮޓޯ: ބީއެމްއެލް
ހެކަތޮން ކާމިޔާބުކުރި މުހައްމަދު އާތިކް އަލީ ރިޒާ، ފާތިމަތު އަރީން ނަސީމް އަދި މުހައްމަދު ޔާނިއު ރަމީޒަށް އިނާމު ހަވާލުކުރަނީ. --ފޮޓޯ: ބީއެމްއެލް

މުހައްމަދު އާތިކް އަލީ ރިޒާ، ފާތިމަތު އަރީން ނަސީމް އަދި މުހައްމަދު ޔާނިއު ރަމީޒު ހުށަހެޅޭ ހަރަދުތައް ބަލަހައްޓާނެ ސޮލިއުޝަނެކެވެ.

ހެކަތޮން ކާމިޔާބުކުރި މުހައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް އަދި  މުހައްމަދު އީމާން ---ފޮޓޯ: ބީއެމްއެލް
ހެކަތޮން ކާމިޔާބުކުރި މުހައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް އަދި މުހައްމަދު އީމާން ---ފޮޓޯ: ބީއެމްއެލް

މުހައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް އަދި މުހައްމަދު އީމާންގެ ހުށަހެޅުމުގައި ކަސްޓަމަރުން އަމިއްލައަށް އެ މީހެއްގެ ފައިނޭންސް މެނޭޖުކުރެވޭނެ އެވެ. އެއީ ކުރާ ހަރަދުތައް އޮޓޮމެޓިކުން ދެނެގަނެ އެ ކުރި ހަރަދުތަކުގެ ތަފްސީލް އެނގޭ ހައްލެކެވެ.

ހެކަތޮން ކާމިޔާބުކުރި ތިން ޓީމަށް ބީއެމްއެލް އިނޮވޭޝަން ލެބުގައި ހަ މަސްދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ. އެ މުއްދަތުގެތެރޭގައި މަސައްކަތް ކުރުމަށް ހާއްސަ ތަނަކާއި، ކޮންމެ މަހަކު 20،000ރ. ގެ އެލަވަންސެއް ދޭނެ އެވެ. އަދި އެއްބަސްވުމެއްގެ ދަށުން ދިގުމުއްދަތަކަށް އެ ސޮލިއުޝަންތަކުގެ ކަންކަން ބަލަހައްޓާނީ އުފެއްދި ޓީމުތަކުންނެވެ.

ބީއެމްއެލް ހެކަތޮންގެ ޖަޖުންގެ ޕެނަލް --ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ހެކަތޮންގެ ޖަޖުންގެ ޕެނަލް --ފޮޓޯ: ބީއެމްއެލް

މިދިޔަ ހުކުރު ދުވަހު، 30 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ފެށި ހެކަތޮންގައި ރާއްޖޭގައި އުޅޭ ޑިވެލޮޕަރުންނާއި، ޕްރޮގްރާމަރުންނާއި، ވިޔަފާރި އާއި އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވި އެވެ. މި 30 ބައިވެރިންގެ ޓީމުތަކުން 48 ގަޑިއިރު ތެރޭ ބޭންކިން ހިދުމަތުގެ ސޮލިއުޝަނެއް ހޯދަންޖެހެ އެވެ.

ހެކަތޮންގެ ބައިވެރިންނާ މެންޓާއިން ރޭގެ ހަފްލާގައި ބައިވެރިވަނީ ----ފޮޓޯ: ބީއެމްއެލް
ހެކަތޮންގެ ބައިވެރިންނާ މެންޓާއިން ރޭގެ ހަފްލާގައި ބައިވެރިވަނީ ----ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ވަގުތީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ނޫރައްދީން ވިދާޅުވީ ހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ މޮޅު ހިޔާލުތައް ލިބިފައިވާ ކަމަށެވެ.

"ހުށަހެޅި ހިޔާލުތައް ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބަށް މަރުހަބާ ކިޔަން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ރާއްޖޭގެ "ފިންޓެކް" ކޮމިއުނިޓީން ބީއެމްއެލް ހެކަތޮން އަށް ދެއްވި ޝައުގުވެރިކަން އުފަލާ އެކު ބަލައިގަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ މާކެޓިން ޑިރެކްޓަ އައިޝަތު ޒަމްރާ ޒާހިރު ރޭގެ ހަފްލާގައި ވާހަކަ ދައްވަނީ ---ފޮޓޯ: މިހާރު
ބީއެމްއެލްގެ މާކެޓިން ޑިރެކްޓަ އައިޝަތު ޒަމްރާ ޒާހިރު ރޭގެ ހަފްލާގައި ވާހަކަ ދައްވަނީ ---ފޮޓޯ: މިހާރު

ރޭގެ ހަފްލާގައި ބީއެމްއެލްގެ މާކެޓިން ޑިރެކްޓަ އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ ހެކަތޮންގެ ހުރިހާ ހިޔާލުތަކެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި، އެންމެ ރަނގަޅު ތިން ހިޔާލެއް ހޮވުން ވެސް ވީ އުނދަގޫ މަސައްކަތަކަށް ކަމަށެވެ.

"ވަރަށް ހިތްވަރުހުރި ބައިވެރިންތަކެއް މިއީ. ބީއެމްއެލް އަށް ވެސް ވަރަށް ބައިވަރު އެއްޗެހި ދަސްވި ބައިވެރިންގެ ފަރާތުން،" ޒަމްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހެކަތޮން ކާމިޔާބުކުރި ޓީމުތަކުން ތަރައްގީކުރާ ސޮލިއުޝަންތަކަކީ ދާއިމީ ގޮތެއްގައި ބޭނުންކުރާނެ ސޮލިއުޝަންތަކަށް ހަދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ އެވެ.