މީގެ ތިން އަހަރު ކުރިން މަރުވި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ މިއުޒިކުން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމު "ލާސްޓް ކްރިމަސް" ގައި އޭނާގެ އާ ލަވައެއް ހިމެނޭކަން ކަށަވަރުވެއްޖެ އެވެ.

ކުރިން އެހުންތެރިން އަހާފައި ނުވާ ޖޯޖްގެ މުޅިން އާ ލަވައެއް ފިލްމުގައި ހިމެނޭނެކަން ޔަގީންކޮށްދެމުން ޑައިރެކްޓަރު ޕޯލް ފެއިގް ބުނީ ހަ މިނިޓްގެ އެ ލަވަ އަކީ ރީތި އެތައް ލަވައެއް އެހުންތެރިންނަށް ގެނެސްދިން ލަވަކިޔުންތެރިޔާ އެންމެ ފަހުން މަސައްކަތް ކުރަމުން ދިޔަ އަލްބަމުގެ ލަވަތަކުގެ ތެރެއިން ލަވައެއް ކަމަށެވެ.

"އެ ލަވަ ވަރަށް ވެސް ރީތި. އަހަރެމެންގެ ފިލްމާ ވެސް އެހާ ގުޅޭ،" ބްރައިޑްސްމެއިޑާއި ގޯސްޓްބަސްޓާ ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބީބީސީ އަށް ބުންޏެވެ.

ޕޯލް ބުނި ގޮތުގައި "ލާސްޓް ކްރިސްމަސް" ހައި ޖޯޖްގެ އާ ލަވަ ފެނިގެން ދާނީ ފިލްމުގެ ނިމެން ކައިރިކޮށްފައި ކަމަށެވެ. އަދި ފިލްމު އެންޑް ކްރެޑިޓް އަރަން ފަށާނީ ވެސް އެ ލަވައާ އެކީގައި ކަމަށް ލަވައިގެ އިތުރު ތަފުސީލަކަށް ނުގޮސް އޭނާ ބުންޏެވެ.

"ލާސްޓް ކްރިސް" އަކީ އެމިލިއާ ކްލާކާއި ހެންރީ ގޯލްޑިން ލީޑް ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 8 ގަ އެވެ.