އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް އެތައް ހާސް ދިވެހިންނެއް ނުކުމެ އަޑުއުފުލުން
މާލެ - އޮގަސްޓް 15، 2025: ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލް އާންމު ކުށްވެރިކޮށް މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޭއްވި "ގައުމީ ބޮޑު ހަރަކާތް": އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އިސް ނެގުމަށް ބޭއްވި މި އެއްވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އެހެން މިނިސްޓަރުންނާއި ސިޔާސީ އެކި ފިކުރުގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ވަނީ ބައިވެރިވެފައި. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެއްވުމުގައި ބައިވެރިވެވަޑައިގަތް. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ، އެ ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ، އިޒްރޭލުން ފަލަސްތީނު ހިސާރު ކުރުން ނައްތާލުމަށް އަޑު އުފުލައި ސަރުކާރުތަކަށް ބާރު އެޅުން ކަމަށް.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި ބޮޑު އެއްވުމުގައި މީހަކު ފަލަސްތީންގެ ބޮޑު ދިދަ ވިހުރުވާލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި އެއްވުމުގައި ކުޑަކުއްޖަކު ފަލަސްތީންގެ ބޮޑު ދިދައެއް ހިފައިގެން މާފަންނު ސްޓޭޑިއަމްގައި ދުވެލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް އެތައް ހާސް ބަޔަކާ އެކު މާލޭގައި ބޭއްވި ބޮޑު އެއްވުން ކުރިއަށް ގެންދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި ބޮޑު އެއްވުން ނިންމާލުމުގެ ގޮތުން ކުރި ދުއާގައި ބައިވެރިވުމުގެ ގޮތުން އެއްވުމުގެ ބައިވެރިން އަތް އުފުލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި ބޮޑު އެއްވުން ނިންމާލުމުގެ ގޮތުން ކުރި ދުއާގައި މިހާކު ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި ބޮޑު އެއްވުން ނިންމާލުމުގެ ގޮތުން ކުރި ދުއާގައި މިހާކު ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ އަނިޔާވެރިކަން ދައްކުވައިދޭ ފޮޓޯއަކާއި ލިޔުން ލިޔެފައިވާ ޕޯސްޓަރެއް ހިފައިގެން މިއަދުގެ ބޮޑު އެއްވުމުގައި މީހަކު ބައިވެރިވަނީ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގައި ދިވެހި، އިނގިރޭސި، އަރަބި އަދި ހިބްރޫ ބަހުން ލިޔެފައިވާ ޕޯސްޓަރެއް ހިފައިގެން މީހަކު ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގައި ފަލަސްތީންގެ ކުރީގެ ނޫސްވެރިޔާ މަންސޫރު ޝޫމަން އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގައި ފަލަސްތީނުގެ ކުރީގެ ނޫސްވެރިޔާ މަންސޫރު ޝޫމަން އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރުދީ، އިޒްރޭލާ ދެކޮޅަށް މިއަދުގެ އެއްވުމުގައި އަޑުއުފުލަނީ: އޭނާއަކީ ފަލަސްތީނުގެ ރައްޔިތެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ބޭއްވި އެއްވުން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އިސް ނެގުމަށް ބޭއްވި މި އެއްވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އެހެން މިނިސްޓަރުންނާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ސިޔާސީ އެކި ފިކުރުގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ވަނީ ބައިވެރިވެފައި. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މި އެއްވުމުގައި ބައިވެރިވެވަޑައިގެންފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި ބޮޑު އެއްވުމުގައި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިން ޕޯސްޓަރުތައް ހިފައިގެން. މި އެއްވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް އެއްވުމުގައި ބައިވެރިވި މީހަކު ފަލަސްތީނުގެ ދިދަ ހިފައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި ބޮޑު އެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި ބޮޑު އެއްވުމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި އެއްވުމުގައި ޝޭހް އާދަމް ނިޝާން ފަލަސްތީނާ ބެހޭގޮތުން ދީނީ މައުލޫމާތު ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގާޒާގައި ކާނެ އެއްޗެއް ނުލިބި އަނަރޫފަ ވެފައިވާ ކުއްޖެއްގެ ފޮޓޯ ހިފައިގެން ހުރެ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ބަޔާން ކޮށްދެނީ.--- ފޮޓޯ: ފަޔާޒު މޫސަ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު ބޭއްވި ބޮޑު އެއްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިން ޕޯސްޓަރުތައް ހިފައިގެން: މި އެއްވުމުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެ ދިވެހިންގެ ޝުއޫރު ހާމަކުރި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވި ކުޑަކުދިންތަކެއް އެ ކުދިންގެ ބެލެނިވެރިޔާއާ އެކު ޕޯސްޓަރެއް ހިފައިގެން މާފަންނު ސްޓޭޑިއަމްގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވި ކުޑަކުއްޖަކު ޕޯސްޓަރެއް ހިފައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވި ކުޑަ ދެކުއްޖަކު، ގާޒާގެ ހާލަތު އަންގައިދޭ ޕޯސްޓަރެއ ހިފައިގެން ފޮޓޯއަކަށް ތައްޔާރުވެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެބޭފުޅުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލަން މާފަންނު ސްޓޭޑިއަމްގައި ބޭއްވި އެއްވުމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު