ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު
އިންޑިއާ - އޮކްޓޫބަރު 7، 2024: ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ރައީސް މުއިއްޒަށް ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވީ ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގަ. ރައީސްގެ ދެކަނބަލުން ވަނީ، މަހާތުމާ ގާނދީގެ މަގްބަރާއަށް ވެސް ޒިޔާރަތް ކުރައްވާފައި. އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އާއެކު ރަސްމީ މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ވަނީ ސޮއި ކޮށްފައި --- ފޮޓޯތައް/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ސަލާންކުރައްވަނީ --- ފޮޓޯ | ރައީސް އޮފީސް
ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމު ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ވެވުނު މުހިންމު އެއްބަސްވުންތައް ބަދަލުކުރަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ރައީސް މުއިއްޒުގެ ދެކަނބަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ/ރައީސް އޮފީސް
ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހާތުމާ ގާންދީގެ މަގްބަރާއަށް ކުރެއްވި ޒިޔާރަތުގައި ރައީސް އަށް ހާއްސަ ފޮތެއް ހަދިޔާ ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މަހާތުމާ ގާންދީގެ މަގްބަރާއަށް ޒިޔާރަތް ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
އިންޑިއާ ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ރައީސް މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދިވެހި ސަރުކާރުގެ ބައެއް މިނިސްޓަރުންނާ ސަލާން ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ބައެއް އިސްބޭފުޅުންނާ ރައީސް މުއިއްޒު ސަލާން ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށް ދަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސަށް ގާޑް އޮފް އޮނާއެއް އަރުވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒުއަށް ރަސްމީކޮށް މަރްހަބާ ދެންނެވުމަށް އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުއިއްޒު ސަލާމް ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވުނު ރަސްމީ މަަޝްވަރާ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު އާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި ރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ދަނީ --- ފޮޓޯ/ރައީސް އޮފީސް
އިންޑިއާގެ ނައިބު ރައީސާއި ރައީސް ޑރ. މުއިއްޒު އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އިންޑިއާގެ ވެރިކަންކުރާ ބީ.ޖޭ.ޕީ.ގެ އިސް ބޭފުޅަކާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް