ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރު ކުރެެއްވުން
އެމެރިކާ - ސެޕްޓެމްބަރު 27، 2024: އދ. ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވާސިޓީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަގުރީރު ކުރައްވާފައި. ރާއްޖެއަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރު، ތިމާވެށީގެ މައްސަލަތަކާއި މުޅި ދުނިޔެ ހޭލުންތެރިކުރަން އެންމެ ބޮޑަށް ވަކާލާތު ކުރި އެއް ގައުމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިމަގުގައި ވެސް ރާއްޖޭގެ ތަރައްގީގެ ޕްލޭންތައް ރާވާނީ، ތިމާވެއްޓާ އެންމެ ރައްޓެހި ގޮތްތައް ބަލައިގެން ކަމަށް.--- ފޮޓޯތައް: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްވި ތަގުރީރު އަޑުއަހަން ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވަނީ: ރާއްޖެ އިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އިގްތިސާދު އެހެން ދާއިރާތަކުން ފުޅާކޮށް، ބޭރުގެ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ކަމަށް ރައީސް ވިދާޅުވި.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްވި ތަގުރީރު އަޑުއަހަން ދިޔަ މީހަކު އެ މަނިކުފާނާ ސުވާލު ކުރަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްވި ތަގުރީރަށް ފަހު ބައެއް ސުވާލުތައް އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްވި ތަގުރީރު އަޑުއަހަން ދިޔަ މީހަކު އެ މަނިކުފާނާ ސުވާލު ކުރަނީ.---ފޮޓޯ: ރައީސް އޮފީސް
ޕްރިންސްޓަން ޔުނިވާސިޓީގެ އިސްވެރިއަކު ވާހަކަ ދައްކަވަނީ: ރައީސް މުއިއްޒު އެ ޔުނިވާސިޓީގައި ވަނީ ތަގުރީރު ކުރެއްވުމަށް ފަހު ބައެއް ބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައި.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވަން ބޭއްވި ހަފުލާގައި އެ ތަގުރީރުގެ ކުރިން އެ މަނިކުފާނާ އެކު، ފޮރިން މިނިސްޓަރު ޒަމީރާއި ދިވެހި ސަރުކާރުގެ ބައެއް އިސް ވެރިން އަދި އެ ތަގުރީރު އަޑުއަހަން ހާޒިރުވި ބައެއް މީހުން.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވަން ބޭއްވި ހަފުލާގައި އެ މަނިކުފާނާ އެކު، ފޮރިން މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވަނީ: ރާއްޖެ އިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އިގްތިސާދު އެހެން ދާއިރާތަކުން ފުޅާކޮށް، ބޭރުގެ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ކަމަށް ރައީސް ވިދާޅުވި.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވާސިޓީގައި ތަގުރީރު ކުރެެއްވުމަށް ބޭއްވި ހަރަކާތުގައި ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު (މ) އާއި ދިވެހި ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވާސިޓީ އަށް ވަޑައިގެން ތަގުރީރު ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވާސިޓީ އަށް ވަޑައިގެން އެ ޔުނިވަސިޓީގެ އިސްބޭފުޅަކާ ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވާސިޓީގައި: އެ މަނިކުފާނު އެ ޔުނިވާސިޓީ އަށް ވަޑައިގަތީ ހާއްސަ ތަގުރީރެއް ދެއްވަން.--- ފޮޓޯ: ރައީސް އޮފީސް
ޕްރިންސްޓަން ޔުނިވާސިޓީ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން، ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހޫގޯ ޔޮން މަރުހަބާ ދަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ޕްރިންސްޓަން ޔުނިވާސިޓީ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ ޔުނިވަސިޓީގެ އިސްބޭފުޅަކު އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވާސިޓީގައި ވާހަކަފުޅު ދެއްކެވުމަށް ރައީސް މުއިއްޒު އެ ޔުނިވާސިޓީ އަށް ވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް