ތިން އަހަރަށް ފަހު ބޭއްވި ފުޅަނދުބުރު

މާލެ - ޖުލައި 27، 2023: މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވުނު ފުޅަނދުބުރު: މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ދިމާކޮށް 2019 ގައި، އެ އަހަރު ވެސް ފުޅަނދުބުރު ބޭއްވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު. މިއަހަރުގެ ފުޅަނދުބުރުގައި ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން ވަނީ ބައިވެރިވެފަ. ފުޅަނދުބުރު ބެލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ވަނީ ފުޅަނދުބުރު ދަތުރުކުރި މަގުތަކަށް ފުޅަނދުބުރު ބަލަން ނިކުމެފަ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ވަނީ އިއްޒުއްދީން ފާލަން ސަރަހައްދައް ފުޅަނދުބުރު ބައްލަވާލެއްވުމަށް ވަޑައިގެންފަ. މި ފުޅަނދުތައް އާންމުންނަށް ދައްކާލާ ފޮޓޯނެގުމަށް ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބެހެއްޓިފައި ހުންނާނެ. އަދި މިނިވަން ދުވަހުގެ އިތުރު ހަރަކާތްތައްވެސް އެ ސަރަހަދުގައި ކުރިއަށް ދާނެ -- ފޮޓޯތައް: ނިޝާން އަލީ / ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
28 ޖުލައި 2023
އެސްޓިއޯގެ ފުޅަނދު ބޮޑުތަކުރުފަނުމަގުން ކުރިއަށް ދާއިރު ފުޅަނދުގެ ދެ ފަރާތުން އަލިފާން އަރުވާލަނީ: ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން އޮންނާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުޅަނދުބުރު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މިހައްމަދު ސޯލިހް އިއްޒްުއްދީން ފާލަން ކުރިމަތީގައި މަޑުކޮއްލައިގެން. ފުޅަނދުބުރުގައި ބައިވެރިވި މީހަކު ސަރަފުވެރި މެހުމާނުންނަށް ހަނާ އަޅާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯ ފުޅަނދުގައި ހިމެނޭ މީހަކު ކާޓޫން ކޮސްޓިއުމެއް ލައިގެން. ފުޅަނދުބުރު ބަލަން ނިކުމެ ތިބި ކުޑަކުދިންނަށް ބަލާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުޅަނދުބުރުގައި ބައިވެރިވި ފުޅަނދެއްގައި ހުރި ރޮބެޓެއް. މި އަހަރު މި ހަރަކާތުގައި ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ފުޅަނދުބުރު ބެލުމަށް ނިކުމެތިބި ކުޑަ ދެކުދިން މަޖީދީމަގުގައި މަޑުކޮއްލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެސްޓިއޯ ފުޅަނދުގައި ހުރި މީހަކު އެކި ކުލައިގެން ލައިޓުން ދިއްލާލެވޭ ހެނދުމެއްލައިގެން -- ފޮޓޯ: ނިޝާން އަލީ  | މިހާރު

ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ދައްކުވައިދޭ އެމްޕީއެލްގެ ފުޅަނދުގައި ހިމެނޭ ޖެލީ ފިޝް ރަމްޒުކޮއްދޭ ހެދުން ލައިގެންތިބި ބަޔަކު ހަރަކާތެއް ހުށައަޅައިދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ދައްކުވައިދޭ އެމްޕީއެލްގެ ފުޅަނދު ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އުކާލެވޭ ބައެއް ތަކެތި ބޭނުންކޮއްގެން ވެމްކޯއިން ހެދި ފުޅަނދު ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ފުޅަނދުބުރުގައި ސިފައިންގެ ފަރާތުން ބައިވެރި ކުރި ފުޅަނދުގައި ހުރި ސިފައިންގެ މީހާ ގައުމީ ދިދަ އާއިއެކު -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ފުޅަނދުބުރުގައި ސިފައިންގެ ފަރާތުން ބައިވެރި ކުރި މަނަވަރު ފުޅަނދާއި ސިފައިންގެ ފަޔާ ފައިޓަރުންގެ ހަރަކާތްތައް ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުޅަނދުބުރުގައި ބައިވެރިވި މީހަކު ކޮސްޓީއުމެއްލައިގެން ނަޝަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ފުޅަނދުބުރުގައި ބައިވެރިވި ސްޓެލްކޯގެ ފުޅަނދުކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއޭސީއެލް ފުޅަނދުގައި ހުރި ރޮޕެޓްއެއް މި ހަރަކާތްތައް ބަލަން ނިކުމެތިބި މީހުންނަށް ސަލާންކޮއްލުމުގެ ގޮތުން ހަނާ އަޅާލަނީ -- ފޮޓޯ: ފަަޔާޒު މޫސާ | މިހާރު

އެމްއޭސީއެލްގެ ފުޅަނދު ޖުމްހޫރީ މައިދާން ސަރަހައްދުން ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއޭސީއެލް ފުޅަނދުގައި ހިމެނޭ އެ ކުންފުނީގެ މުއައްޒަފުންގެ ހަރަކާތެއް ކުރިއަށް ގެންދަނީ: ފުޅަނދުބުރު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ސަރުކާރުގެ ބައެއް ވަޒީރުން ވަނީ އިއްޒުއްދީން ފާލަން ސަރަހައްދަށް ވަޑައިގެންފަ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯ ފުޅަނދުގައި ހިމެނޭ މީހަކު ފުއްޕާހަންތަކެއް ހިފައިގެން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޕީއެލްގެ ފަރާތުން މި އަހަރު ނެރުނު ފުޅަނދުގައި ހިމެނޭ އެ ކުންފުނީގެ އަންހެން މުއައްޒަފުންތަކެއް މޫދު އަޑީގެ ރީތިކަން ދައްކާލަދޭ ހެދުން އަޅައިގެން ފުޅަނދުބުރުގައި ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުކާލެވޭ ސާމާނު ބޭނުންކޮއްގެން ވެމްކޯއިން ހަދާފައިވާ ފެހުރިހި ފުޅަނދު: ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި ފަހަރު ބޭއްވި ފުޅަނދުބުރުގައި ސަރުކާރުގެ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިފައިގެން ފަރާތުން މި އަހަރު މިނިވަން ދުވަހު ބޭއްވި ފުޅަނދުބުރުގައި، އެކި ދުވަސްވަރު ސިފައިން ބޭނުންކުރި ޔުނިފޯމްތައް ދައްކާލަނި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އަހަރު މިނިވަން ދުވަހު މާލޭގައި ބޭއްވި ފުޅަނދުބުރުގައި ސްޓެލްކޯގެ ފަރާތުން ހަދާފައިވާ ކަނޑުމެހެއްގެ ބޯ ފެންނަ ފުޅަނދު މަޖީދީމަގުން ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުޅަނދުބުރުގައި ބައިވެރިވި ސްޕައިޑަ-މޭން ހެދުން އަޅައިގެން ހުރި މީހަކު ކުޑަކުދިންތަކަކާއެކު ހަރަކާތްތެރިވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުޅަނދުބުރު ބެލުމަށް ގިނަ ބަޔަކު މަޖީދީމަަގަށް ޖަމާވެފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ ފަރާތުން ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުގައި ހިމެނޭ ދެ މީހަކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ފުޅަނދުބުރުގައި އެމްްއޭސީއެލްގެ ފަރާތުން ނެރުނު ފުޅަނދު މަޖީދީމަގުން ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިތުރު ފޮޓޯ ގެލަރީ