މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުން

ގދ. ފަރެސްމާތޮޑާ- މޭ 18، 2023: މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮރެއާ އިން ރާއްޖެ އަށް ގެނައި އާ ބޯޓު "ޖަޒީރާ 103" އިން މަސްކިރަން ފެށުން: މި ބޯޓު ބޭނުންކުރަން ފެށުމުގެ ގޮތުން ފަރެސްމާތޮޑާގައި ބޭއްވި ރަަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. މިފްކޯ އަށް މަސްކިރޭ ވަރު އިތުރު ކުރަން ގެންނަ ހަތަރު ބޯޓުގެ ތެރެއިން މިއީ ފުރަތަމަ ބޯޓު. މި ބޯޓާ އެކު، މިފްކޯގެ މަސް ގަންނަ ކެޕޭސިޓީ 5،027 ޓަނަށް ވަނީ އަރާފައި. ދެން ގެންނަ ތިން ބޯޓާ އެކު އެ ކެޕޭސިޓީ 5،807 އަށް އިތުރުކުރެވޭނެ. "ޖަޒީރާ 103" އަކީ ފަސޭހަކަމާ އެކު ބޯޓުގެ ދެ ފަރާތުން އެއްފަހަރާ މަސް ކިރޭ ގޮތަށް ދެ ކެރޭނު ހަރުކޮށްފައިވާ ބޯޓެއް. ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ، ފިނިކުރެވޭ އަދި މުޅި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް އެ ބޯޓުގައި ރައްކާ ކުރެވޭ.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
21 މެއި 2023
މިފްކޯ އިން މަސްކިރުމަށް އަލަށް ގެނައި ޖަޒީރާ 103 ބޯޓަށް ފުރަތަމަ ފަހަރަށް މަސް ކިރަމުން ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ އާ ބޯޓަށް ފުރަތަމަ ކިރަން އަރުވާ މަސްތައް ބޯޓުގައި ހުރި ކެރޭނުން ބޯޓަށް އަރުވަނީ: އެ ބޯޓުން އެއްފަހަރާ ދެ ކެރޭނުން މަސް ނެގޭނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ އާ ބޯޓަށް މަސްކިރުވުމަށް މަސްދޯންޏަކުން ދާގަނޑަށް މަސް އަޅަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯ އިން މަސް ކިރުމަށް އަލަށް ގެނައި ޖަޒީރާ 103 ބޯޓުން މަސް ކިރަން ފެށުމުގެ ގޮތުން މަސް އަޅާ ދާގަނޑު މަސްބޯޓަކަށް ތިރި ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ އާ ބޯޓަށް މަސް ކިރަން މަސް ދޯނިތައް ދެ ފަރާތުގައި މަޑުކޮށްލައިގެން: ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ، ފިނިކުރެވޭ އެ ބޯޓުގައި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ އާ ބޯޓަށް މަސް ކިރަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފަށްޓަވަ އިދެއްވަނީ .--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ މަސް ކިރާ ބޯޓެއް ކައިރީގައި މަސްއޮޑިތައް މަސްކިރުމަށް ކިއޫ ހަދާފައި: މިފްކޯގެ މަސްކިރުމުގެ ގާބިލުކަން އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ ސެންޓަރުތަކުގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ގަންނަ އިތުރު ސެންޓަރުތައް ހެދުމުގެ މަސައްކަތް ކުރަމުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ އާ ބޯޓަށް މަސް ކިރަން މަސްއޮޑިއެއް އެ ބޯޓާ ކައިރި ކޮށްފައި.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި (ވ-ކ) ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީގެ އިތުރުން އެ ރަށުގެ ބައެއް މަސްވެރިންނާއި ބައެއް އާންމުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި (ވ-ކ) ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ އާ ބޯޓުން މަސްކިރަން ފެށުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ބައެއް މީހުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯ އަށް މަސް ކިރުމުގެ ގާބިލްކަން އިތުރު ކުރަން އަލަށް ގެނައި ބޯޓުން މަސް ކިރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ އަބްދުﷲ ސައީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިތުރު ފޮޓޯ ގެލަރީ