ސައުދީ ސަފީރު ދެއްވި ރޯދަވީއްލުން
މާލެ - އޭޕްރީލް 7 2023: ރާއްޖޭގައި ހުންނަވާ ސައޫދީ އަރަބިއްޔާގެ ސަފީރު މަތްރިކް އައްދައުސަރީ ދެއްވި ރޯދަވީއްލުން. ޖެން ހޮޓަލުގައި އޮތް މި ރޯދަވީއްލުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރާއްޖޭގައި ތިއްބަވާ ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަތް. އެ ރޯދަވީއްލުމަށް ވަރަށް ގިނަ ބަޔަކު ދިޔަ--- ފޮޓޯތައް: ސައޫދީ އެމްބަސީ
ސައުދީ ސަފީރު މަތްރިކް އައްދައުސަރީ ދެއްވި ރޯދަ ވީއްލުން: މި ރޯދަވީއްލުމަށް ދައުލަތުގެ އިސް ވަރަށް ގިނަ ބޭފުޅުން ވަޑައިގެންނެވި.
ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް (މ) އާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި ސިފައިންގެ ބައެއް އެހެން އޮފިސަރުން، ސައޫދީ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގަންނަވަނީ.
ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ޖެން ހޮޓަލުގައި.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގަތުމުން ސަފީރު މަރުހަބާ ދަންނަވަނީ.
ނައިބު ރައީސް ފައިސަލް ނަސީމް، ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގެން ސަފީރުއާ ސަލާމް ކުރައްވަނީ .
ކުރީގެ ރައީސް މުހައްމަދު ވަހީދު، ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގަތުމުން ސަފީރު މަރުހަބާ ދަންނަވަނީ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގެންނެވި މީހަކާ ސަފީރު ސަލާމް ކުރައްވަނީ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ޖެން ހޮޓެލްއަށް ވަޑައިގެން ސައުދީ ސަފީރުއާ ސަލާމް ކުރައްވަނީ.
ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގެންނެވި އިންޑިއާގެ ސަފީރުއާ. ސައުދީ ސަފީރު މަތްރިކް އައްދައުސަރީ ސަލާމް ކުރައްވަނީ.
ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގެންނެވި ޗައިނާގެ ސަފީރުއާ، ސައުދީ ސަފީރު މަތްރިކް އައްދައުސަރީ ސަލާމް ކުރައްވަނީ.
ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގެންނެވި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ އަދި އެމްޑީ މުފައްޒަލް އިދްރީސް ކުމްރީއާ ސަފީރު މަތްރިކް އައްދައުސަރީ ސަލާމް ކުރައްވަނީ.
ސައުދީ ސަފީރު ދެއްވި ރޯދަވީއްލުމަށް ވަޑައިގެންނެވި ބޭފުޅަކާ ސަފީރު މަތްރިކް އައްދައުސަރީ ސަލާމް ކުރައްވަނީ.
ރާއްޖޭގައި ހުންނަވާ ސައުދީގެ ސަފީރު މަތްރިކް އައްދައުސަރީ ސައުދީ އެމްބަސީގެ ބައެއް ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.--- ފޮޓޯ: ސައޫދީ އެމްބަސީ
ސައޫދީ ސަފީރު ދެއްވި ރޯދަވީއްލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އޭރުގެ ނައިބު ރައީސް އަދި ފަހުން ރައީސްކަން ކުރެއްވި ވަހީދު: ގިނަ ދުވަސްތަކަކަށް ފަހު ދެ ބޭފުޅުން އެއްމޭޒަކުން ބައްދަލުވި މި ފޮޓޯ އަށް ވަރަށް ގިނަ މީހުންގެ ކަޅި ހުއްޓުނު---ފޮޓޯ: މަޖިލިހުގެ އިދާރާ