ރޯދަމަހުގެ ދެވަނަ ހުކުރު ނަމާދު
މާލެ- އޭޕްރިލް 15، 2022: އިސްލާމީ މަރުކަޒުގައި ކުރި މި ރޯދަމަހުގެ ދެވަނަ ހުކުރު ނަމާދު: މާލޭގައި ކުރިން ހުކުރު ނަމާދު ފަދަ ބޮޑު ޖަމާއަތް ހަދަނީ އިސްލާމީ މަރުކަޒުގައި ކަމަށް ވިޔަސް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށުމުން، އިސްލާމީ މަރުކަޒަށް ދާ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައި. މިހާރު ހުކުރު ނަމާދާއި ތަރާވީހު ނަމާދު އަދި އެހެން ނަމާދުތަކަށް ވެސް ގިނަ މީހުން ދަނީ ސަލްމާން މިސްކިތަށް. އެއީ މިހާރު މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑު މިސްކިތް.--- ފޮޓޯތައް: ފަޔާޒު މޫސާ| މިހާރު
އިސްލާމީ މަރުކަޒު ގޯތިތެރެ އާއި މާބުލް ޖެހި ސަރަހައްދުގައި މިއަދުގެ ހުކުރު ނަމާދު ކުރަނީ: މިސްކިތުން ބޭރުގައި ހަދާ ސަފުތަކުގައި އެއްވެސް ތަރުތީބެއް ނެތް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމީ މަރުކަޒުގެ ބޭރުގައި ބަޔަކު މިއަދު ހުކުރު ނަމާދު ކުރަނީ: މިއަދުގެ ހުކުރު ނަމާދަށް މި މިސްކިތަށް ދިޔަ މީހުން ނިސްބަތް ކުރިއަށް ވުރެ މަދު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމީ މަރުކަޒުގެ ބޭރުގައި ބަޔަކު މިއަދު ހުކުރު ނަމާދު ކުރަނީ: މިއަދުގެ ހުކުރު ނަމާދަށް މި މިސްކިތަށް ދިޔަ މީހުން ނިސްބަތް ކުރިއަށް ވުރެ މަދު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދުގައި، އެ މިސްކިތުގެ އިމާމު ޝައިހް ނަސްރުﷲ އަލީ ހުކުރު ހުތުބާ ވިދާޅުވަނީ: ކިންގް ސަލްމާން މިސްކިތް ހުޅުވި ފަހުން އިސްލާމީ މަރުކަޒަށް ދާ މީހުން މަދު.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދުގައި، އެ މިސްކިތުގެ އިމާމު ޝައިހް ނަސްރުﷲ އަލީ ހުކުރު ހުތުބާ ވިދާޅުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދަށް ދިޔަ ކުޑަކުދިންތަކެއް، ހުތުބާ އަޑުއަހަން ތައްޔާރުވެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދަށް ދިޔަ މީހަކު ގުރުއާން ކިޔަވާއިރު، އޭނާގެ ކައިރީގައި ކުޑަކުއްޖަކު މަޑުކޮށްލައިގެން ގުރުއާން އަޑުއަހަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދުގައި ހުތުބާ އަޑުއަހަން ބަޔަކު ސިޑިމަތީގައި އިށީނދެގެން ތިބިއިރު، ދެ މީހަކު ސިޑިން އަރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދަށް ކުޑަކުއްޖަކު ގޮވައިގެން މީހަކު އަރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ތުއްތު ކުއްޖަކު އުރާލައިގެން މީހަކު މިއަދު އިސްލާމީ މަރުކަޒަށް ހުކުރު ނަމާދަށް އަރަނީ: އިސްލާމީ މަރުކަޒަށް ދާ މީހުންގެ އަދަދު މިހާރު މަދު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ކުޑަ ދެ ކުއްޖަކު ގޮވައިގެން ދެ މީހަކު މިއަދު އިސްލާމީ މަރުކަޒަށް ހުކުރު ނަމާދަށް އަރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު