މުހިންމު ނިންމުންތަކެއް ނިންމި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ
މާލެ- ފެބްރުއަރީ 10، 2022: އިސްކަންދު ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ދެ ވަނަ ޖަލްސާ: އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ވޯޓު ނަގާނެ ތާރީހެއް ކަނޑަނާޅައި، ކޮންގްރެސް މި އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައި،---ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މާލޭގެ ކުރީގެ މޭޔަރު ޝިފާ ވާހަކަ ދައްކަވަނީ: މި ޖަލްސާ އޮތީ އިސްކަންދަރު ސްކޫލުގައި.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެމްޑީޕީގެ ޗެއާޕާސާންގެ މަގާމާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު އަންނަ އޭޕްރީލް 16 ގައި އަދި އަންނަ އޮގަސްޓް 4 ގައި ޕާޓީގެ ކޮންގްރެސް ބާއްވަން ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ: އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިސްރާބު ހިފުމަކީ ގައުމީ މަޖިލީހުގެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް އެ މަނިކުފާނު މި ޖަލްސާގައި ވިދާޅުވި.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ: އަންނަ އޭޕްރީލް 16 ގައި ބާއްވާ އެ ޕާޓީގެ ޗެއާޕާސަން މަގާމަށް އޭނާ ވާދަކުރައްވާނެ.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދަށް، އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަރުހަބާ ކިޔުމުން އެ ޕާޓީގެ ރައީސް ނަޝީދު އަތްޖައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ކައުންސިލްގެ މެމްބަރަކު ވާހަކަ ދައްކަވާއިރު އޭނާގެ ފޮޓޯއެއް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފޯނުން ނަންގަވަނީ.---ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އިސްކަންދަރު ސްކޫލުގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޖީ ލީޑަރު އަލީ އާޒިމް މަޝްވަރާއެއްގައި.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުންގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޝްވަރާއެއްގައި.---ފޮޓޯ؛ ފަޔާޒު މޫސާ / މިހާރު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިސްކަންދަރު ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ޕީޖީ ލީޑަރު އަލީ އާޒިމާ ކަރުދާސްތަކެއް ހަވާލުކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އިސްކަންދަރު ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގެ ރިޔާސަތު މިހާރުގެ ޗެއާޕާސަން ހަސަން ލަތީފް ބަލަހައްޓަނީ: އޭނާގެ ފަސް އަހަރުގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެ.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް، ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ މަސައްކަތަކުގެ މައުލޫމާތު، ގައުމީ މަޖިލީހުގެ މެމްބަރުންނަށް ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ، އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު، ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަަށް ފަހު، އެންމެ ފަހުން ދައުރު ހަމަކުރެއްވި ޗެއާޕާސަން ހަސަން ލަތީފާއި ކުރިއަށް އޮތް ދައުރު އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސަލާމް ކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނަވަނީ: އެ ޕާޓީގެ ޗެއާޕާސާންގެ މަގާމާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް 16 ގައި. ކޮންގްރެސް އޮގަސްޓް 4 ގައި ބޭއްވުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރި.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން: އެ ޕާޓީގެ ޗެއާޕާސާންގެ މަގާމާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް 16 ގައި. ކޮންގްރެސް އޮގަސްޓް 4 ގައި ބޭއްވުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރި.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު