19 ދިވެހިން ޝަހީދުކޮށްލި ބިރުވެރި ހާދިސާ ފޮޓޯތަކުން
ނޮވެމްބަރު 3، 1988 އަކީ މި ޖީލު ދުށް އެންމެ ބިރުވެރި ދުވަހެވެ. ދިވެހިންގެ ގުރޫޕަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް، ތިން އާގު ބޯޓުގައި ލަންކާ އިން ފުރައިގެން ހަތިޔާރާ އެކު ރާއްޖެ އައި ތަމަޅަ ޓެރަރިސްޓުން މާލެ އަރައި 19 ދިވެހިން ޝަހީދުކޮށްލި އެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. މި ހާދިސާގައި ޖުމްލަ 39 ދިވެހިން ޝަހީދުކޮށްލި އެވެ. މީގެ ތެރޭގައި ކަނޑުމަތިން ރަހީނުކޮށްގެން ގެންދިޔަ ދިވެހިން ވެސް ހިމެނެ އެވެ. މިއީ ފަހުގެ ތާރީހުގައި ރާއްޖެ ތަޖުރިބާކުރި އެންމެ ބޮޑު ހާދިސާ އެވެ. އެ ދުވަހުގެ ބައެއް މުހިންމު މަންޒަރުގެ ތެރެއިން ތިރީގައި މި ވަނީ އާންމުކޮށް ފެނިފައި ނުވާނެ ބައެއް މަންޒަރުތަކެވެ.
ހަމަލާ ރޭވުމާއި ހަމަލާ ތަންފީޒު ކުރުމުގައި އިސްކޮށް އުޅުނު ކަމަށް އަބްދުﷲ ލުތުފީ ތަހުގީގަށް ގެންދަނީ: އޭނާ ޖަލުން މާލެ ގެންނަ ކޮންމެ ފަހަރަކުހެން އެއްވެ ތިބޭ އާންމުން އޭނާގެ ގަޔަށް އަރައިގަންނަ މަންޒަރު ފެނޭ.
ނޮވެމްބަރު 3، 1988: ތަމަޅައިންގެ މީހެއް ތަހިގީގަށް ގެނެވެނީ--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3. 1988: ބާޒާރުމަތިން ގިނަ ފިހާރަތަކެއް ބާގީން ލޫޓުވާލި --. ފޮޓޯ: ހަވީރު
ނޮވެމްބަރު 3. 1988: މާލެ ވަށައިގެން އިންޑިއާ ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3، 1988: ތަމަޅައިންގެ މީހެއް ތަހިގީގަށް ގެނެވެނީ--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3. 1988: މާލެ ވަށައިގެން އިންޑިއާ ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3. 1988:މީހުންނާއި ތަންތަން ފާސްކުރުމުގައި ދިވެހި ސިފައިން--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3، 1988: މާލޭގައި ފޯރިމަރަމުންދިޔަ އިންޑިއާ ސިފައިންނަށް އެކި ގޭގެއިން ޖޫސް ފަދަ ތަކެތި ހަދިޔާކުރި--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3، 1988: ތަމަޅައިންގެ މީހެއް މަރާލާފައި--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާ އަށް ފަހު ފިލައިގެން ދިޔަ ތަމަޅައިން ހޯދައިގެން މާލެ އަށް ގެންނަ މަންޒަރު ބަލަން މީހަކު ރުކަކަށް އަރައިގެން. ހަމަލަ ނާކާމިޔާބު ވުމާ އެކު މާލޭގެ އެކި ތަންތަނުގައި ޓެރަރިސްޓުން ފިލައިގެން ތިބި.
ނޮވެމްބަރު 3، 1988: ތަމަޅައިންގެ މީހެއް ތަހިގީގަށް ގެނެވެނީ--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3، 1988: ފިލަން އުޅެނިކޮށް ކަނޑުމަތިން އަތުލައިގަނެވުނު ތަމަޅައިންގެ މީހެއް--. ފޮޓޯ: ހަވީރު
ނޮވެމްބަރު3، 1988 ގައި ދިން ހަމަލަ އަށް ފަހު ސިފައިން އެކި ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ
ނޮވެމްބަރު 3، 1988: އިންޑިއާގެ މިލިޓަރީ ހެލިކޮޕްޓަރެއް މާލެ މަތިން ދުއްވަނީ --. ފޮޓޯ: ހަވީރު
ނޮވެމްބަރު 3، ތަމަޅައިން ތަހިގީގަށް ގެނައިއިރު އާއްމުން އެތަންބަލަން އެއްވެ--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3، 1988 ގެ އެންމެ ހާއްސަ އެއް ފޮޓޯ: މިއީ ޝަހީދު ހުސެއިން އާދަމް ޑިއުޓީގައި ހުރި އެންއެސްއެސްގެ މައި ގޭޓްގެ ސެކިއުރިޓީ ޕޯސްޓްގައި ހުރި އޭނާގެ ލޭ. އޭނާ ޝަހީދުވީ ޓެރަރިސްޓުންގެ ދިން ހަމަލާތައް ދިފާއު ކުރަން އެކަނިމާ އެކަނި ހަނގުރާމަކުރަން ހުއްޓާ.
ނޮވެމްބަރު 3، 1988 ގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ސާބިތުވެފައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކު ސިފައިންގެ ބެލުމުގެ ދަށުގައި: މި ހަމަލާ ރޭވުމުގައި ފަސް ދިވެއްސަކު އިސްކޮށް ހަރަކާތްތެރިވި.
ނޮވެމްބަރު 3، 1988 ގެ ހަމަލަ ރޭވުމުގެ ކުށް ސާބިތުވި އަބްދުﷲ ޝާހިދު ތަހުގީގަށް ފަހު މާލެ އިން ގެންދަނީ
ނޮވެމްބަރު 3. 1988:މީހުންނާއި ތަންތަން ފާސްކުރުމުގައި ދިވެހި ސިފައިން--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3 ގެ ހަމަލާ އަށް ފަހު އެންއެސްއެސްގެ މޭޖާ މުހަންމަދު ޒާހިރު ދިވެހި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އާންމުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިން މުހިންމު ރޯލެއް ކުޅުނު
ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާގައި ދުޝްމަނުންގެ އެންމެ ބޮޑު އަމާޒަކީ އެންއެސްއެސްގެ ހެޑްކުއާޓަރަށް ވަދެގަތުން. މިއީ ތަމަޅައިން އެ ދުވަހު އެއްލި ބޮމެއް ނުގޮވާ އޮތް މަންޒަރު
ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާގައި ދުޝްމަނުންގެ އެންމެ ބޮޑު އަމާޒަކީ އެންއެސްއެސްގެ ހެޑްކުއާޓަރު: އެ އިމާރާތަށް ބަޑިންނާއި ބޮމުން ވެސް ހަމަލާ ދީފައިވޭ. ފޮޓޯގައި އެ ފެންނަނީ އިމާރާތުގެ މައި ދޮރަށާއި ކުރިމަތީ ފާރަށް އަރާފައިވާ ހަމަލާތައް.
ނޮވެމްބަރު 3، 1988 ގެ ހަމަލާ ރޭވުމުގައި ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމް އައި އަބްދުﷲ ޝާހިދު ސިފައިންގެ ބެލުމުގެ ދަށުގައި: މި ހަމަލާ ރޭވުމުގައި ފަސް ދިވެއްސަކު އިސްކޮށް ހަރަކާތްތެރިވެ ހުކުމްކޮށްފައިވޭ.
ނޮވެމްބަރު3، 1988 ގައި ޓެރަރިސްޓުން ހަމަލާ ދެނިކޮށް ސިފައިންގެ އިން ނުކުމެގެން ދަނިކޮށް ވަޒަން އެރި ކޯޕްރަލް އަހުމަދު ނަސީމް ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ: އޭނާ ބުނާ ގޮތުން އެ ދުވަހުގެ ވަރަށް ގިނަ މަންޒަރުތައް އޭނާ އަށް ފެނުނު.
ނޮވެމްބަރު 3، 1988 ގައި ޓެރަރިސްޓުން ދިން ހަމަލާގައި ދިވެއްސަކު ޝަހީދުވެ، ބިމަށް އެޅިފައިވާ ލޭ. މި ހަމަލާގައި 19 ދިވެހިން ޝަހީދުވި އެތައް ބަޔަކު ޒަހަމްވި
ނޮވެމްބަރު 3. 1988: އަތުވެދާނެ ހަމަލާއަކަށް ހުށިއާރުވެގެން ދިވެހި ސިފައިންގެ މީހަކު--. ފޮޓޯ: ހަވީރު
ނޮވެމްބަރު 3 ގެ ހަމަލާ އަށް ފަހު މާލޭގެ އެކި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކުރި. ސިފައިންގެ ހިމެނޭ މުޅި ޒޯންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިންޑިއާ ސިފައިން ވެސް ވަރަށް އިސް ރޯލެއް ކުޅުނު
ނޮވެމްބަރު 3 ވަނަ ދުވަހު ދިން ހަމަލާގައި ސިފައިން ދިން ރައްދާ އެކު ތަމަޅަ ޓެރަރިސްޓުންގެ ތެރެއިން ވެސް ބައެއް މީހުން ވަޒަން އަރައިގެން މަރުވި. މިއީ އޭގެ ތެރެއިން އެކަކު ވަޅުލަން ތައްޔާރުކޮށްފައި
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ކަނޑުމަތިން ދަނިކޮށް އޭނާ ހައްޔަރުކޮށްގެން މާލޭ ގެންނަނީ
ނޮވެމްބަރު 3. 1988: ބާގީން ފިލައިގެން ދަމުން ގެންދިޔަ ރަހީނެއް، މިނިސްޓަރު މުޖުތަބާގެ އަބިކަނބަލުން --. ފޮޓޯ: ހަވީރު
ނޮވެމްބަރު 3 ގެ ހަމަލާ އަށް ފަހު އިންޑިއާ ސިފައިން ރާއްޖޭގައި ފޯރިމަރަނީ: ހަމަލާ އަށް ފަހު މީހުން ހޯދުމާއި ޝަރީއަތަށް މީހުން އުފުލުމާއި ދިވެހި ސިފައިންނަށް ދިމާވެފައި ހުރި ކަންކަން ހައްލު ކުރުމަށް އިންޑިއާ ސިފައިން ވަނީ ވަރަށް ބޮޑެތި އެހީތަކެއް ވެދީފައި.
ނޮވެމްބަރު ތިން ވަނަ ދުވަހުގެ ހަމަލާ އިން ސަލާމަތް ވުމަށް ދިވެހި ސަރުކާރުން އިންޑިއާގައި އެދުމުން އިންޑިއާ އިން ހަތިޔާރާއި ސިފައިންނާ އެކު ފޮނުވި ދެމަނަވަރު. ކައިރީގައި އޮތީ ގޯދާވަރީ. ގައިޑެޑް މިސައިލް ފްރިގޭޓްގެ ބާވަތުގެ 126 މީޓަރުގެ ދިގު މި މަނަވަރަކީ ރާއްޖެ އިން ރަހީނުކޮށްގެން ދިޔަ ޕްރޮގްރެސް ލައިޓް އަތުލައިގަތް މަނަވަރު. މިއީ ސާބަސް ހައްގު އޮޕްރޭޝަނެއް.
އުދުވާނީ ހަމަލާތަކަކީ ރާއްޖެ އަށް ވަރަށް ކަމެއް. މިކަހަލަ ހަމަލާތަކަކީ ދިވެހިން ދަންނަ ކަމެއް ނޫން. ނޮވެމްބަރު 3 ގެ ހަމަލާ އަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމެއް. އަދި ވަރަށް ބޮޑު ޝޮކެއް. ގިނަ މީހުން ތިބީ ހަރަކާތް ހުއްޓިފައި. މިއީ ނޮވެމްބަރު 4 ވަނަ ދުވަހު މާލޭގެ މަގުމަތި އޮތް ގޮތް.
ނޮވެމްބަރު 3ގެ ހަމަލާ އަކީ މުޅި ދުނިޔެ އަށް ވެސް ހޫނުކޮށް ފެތުރިގެން ދިޔަ ހަމަލާއެއް. ރާއްޖެ ހިފަން ހަތިޔާރާ އެކު ބަޔަކު އަރައިގެން އުޅޭ ވާހަކަ، އެ ދުވަހު ދުނިޔޭގެ ވަރަށް ގިނަ މީޑިއާތަކުގައި އޮތް. މިއީ، ނޮވެމްބަރު 3 ގެ ހާދިސާ ކަވަރުކުރަން ރާއްޖެ އައި ބައެއް ނޫސްވެރިން މާލޭގެ އުތުރު ފަރާތު ފާލަން ކައިރީގައި ތިބި ތަން. މި ފޮޓޯގައި ދިވެހި ބައެއް ނޫސްވެރިން ވެސް ހިމެނޭ
ނޮވެމްބަރު 3 ވަނަ ދުވަހު ދިން ހަމަލާގައި ސިފައިން ދިން ރައްދާ އެކު ތަމަޅަ ޓެރަރިސްޓުންގެ ތެރެއިން ވެސް ބައެއް މީހުން ވަޒަން އަރައިގެން މަރުވި. މިއީ އޭގެ ތެރެއިން އެކަކު ވަޅުލަން ތައްޔާރުކޮށްފައި
ހަމަލާ ނާކާމިޔާބުވެ، ޕްރޮގްރެސް ލައިޓްގައި ފިލައިގެން ދަނިކޮށް ކަނޑުމަތިން އަތުލައިގަތް ހަމަލާގެ އެއް މޭސްތިރި ސަގަރު އަހުމަދު ނާސިރު މާލެ ގެންނަނީ
ނޮވެމްބަރު 3 ގެ ހަމަލާ އިން ސަލާމަތްވެ، ބާގީން މާލެ ގެނައި ދުވަހު ސިފައިން ކައިރި އަށް އާންމުން އެއްވެފައި: ބާގީން ގެނައީ އިންޑިޔާ އާއި ދިވެހި ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި
ނޮވެމްބަރު 3 ވަނަ ދުވަހުގެ ހަމަލާ އަށް ފަހު އޭގެ ޖެހިގެން އައި ދުވަހު، އޭރު ސިފައިންގެ މޭޖާ މުހަންމަދު ޒާހިރު ޖިޕެއްގައި ވާހަކަ ދައްކަވާއިރު، ޗީފް އޮފް ސްޓާފް އަންބަރީ އަބްދުއްސައްތާރު (ފޮޓޯގެ ކަނާތްފަރާތުގައި)، އަދި ޖިޕްގައި ދެން އެ ހުންނެވީ ކާނަލް މޫސާ އަލީ ޖަލީލު
ނޮވެމްބަރު 3ގެ ހަމަލާގައި އިސްކޮށް ތިބި އަބްދުﷲ ލުތުފީ (އިށީނދެގެން މެދުގައި)، އަދި ކަރޯ އައްބާސް އިބްރާހިމް (ފޮޓޯގެ ވާތް ފަރާތުގައި) ދެން ސަގަރު އަހުމަދު ނާސިރު ދިވެހިން ސިފައިންގެ ބެލުމުގެ ދަށުން ގާމާދޫ ޖަލަށް ގެންދަނީ
ނޮވެމްބަރު 3 ގެ ހަމަލާ އަށް ފަހު މާލޭގެ އެކި ހިސާބުގައި އާންމުން މުޒާހަރާ ކުރި. މި ފޮޓޯގައި މިސާލެއްގެ ގޮތުން އެ ދައްކައިދެނީ ބަގާވާތުގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީ [އޭނާއާ ވައްތަރު މީހަކު] ގަން ހިންގުވާ މަންޒަރު.
ނޮވެމްބަރު 3 ގެ ހަމަލައާ ގުޅިގެން ދިވެހިންގެ ރުޅިވެރިކަން އިންތިހާ އަށް ދިޔަ. މާލޭގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައް ވެސް ބޭއްވި. މި ފޮޓޯއިންް އެ ފެންނަނީ އޭގެ ތެރެއިން އެއް މުޒާހަރާގައި އަބްދުﷲ ލުތުފީގެ ސިފަ އަށް ހަދާފައިވާ އެއްޗެއްގައި ރޯކޮށްލާފައިވާ މަންޒަރު
ނޮވެމްބަރު 3، 1988: ބަގާވާތް ރޭވުމުގައި އިސްކޮށް ހުރި ކަމަށް ސާބިތުވެފައިވާ އަބްދުﷲ ޝާހިދު ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުގައި. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް ކޮށްފައިވޭ.
ނޮވެމްބަރު 3. 1988: ތަމަޅައިން ގެންގުޅުނު ހަތިޔާރު ސިފައިންގެ ބެލުމުގެ ދަށުގައި-
ނޮވެމްބަރު 3. 1988: މުއްނާރުންވެސް ވަޒަން އަރާފައިވާ ނިޝާންތައް ފެންނަންހުރި-
ނޮވެމްބަރު 3، 1988: މިނިސްޓަރު މުޖުތަބާ އިންޑިއާގައި ފަރުވާ ދެއްވުމަށްފަހު މާލެ ވަޑައިގަތްދުވަހު އެއާޕޯޓުގައި-
ނޮވެމްބަރު 3 ގެ ހަމަލާ އަށް ފަހު އިންޑިއާ ސިފައިން ރާއްޖޭގައި ފޯރިމަރަނީ: ހަމަލާ އަށް ފަހު މީހުން ހޯދުމާއި ޝަރީއަތަށް މީހުން އުފުލުމާއި ދިވެހި ސިފައިންނަށް ދިމާވެފައި ހުރި ކަންކަން ހައްލު ކުރުމަށް އިންޑިއާ ސިފައިން ވަނީ ވަރަށް ބޮޑެތި އެހީތަކެއް ވެދީފައި.
ނޮވެމްބަރު 3 ގެ ހަމަލާ އަށް ފަހު ހިންގި ތަހުގީގަށް ތުހުމަތު ކުރެވޭ މީހަކު ސިފައިންގެ ބެލުމުގެ ދަށުން ގެންދަނީ