ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ހަދީޖާ ހުސެއިން މަގާމުން ވަކިކުރައްވައި އެ މަގާމަށް މ. ސްޓާ، ފާތިމަތު ރަޒީނާ މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ފައިނޭންޝަލް ކޮންޓްރޯލަރަކަށް ހުންނެވި ހަދީޖާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރައްވައިފަ އެވެ.
މިއަދު ވަނީ އަޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މއ. ކެންސްކާ، ޑރ. އަތާއުﷲ އަހުމަދު ރަޝީދު އަދި އެ މިނިސްޓްރީގެ ނައިބަކަށް މ. މާހިޔާ، ލީޝާ މުހައްމަދު ވެސް އައްޔަންކުރައްވައިފަ އެވެ.