ގޭތެރޭގެ ޒީނަތްތެރިކަމަށް ބޭނުން ކުރާ ޒަމާނީ ތަފާތު އުފެއްދުންތައް ވިއްކާ "އީވޯ"ގެ ޝޯ ރޫމެއް "ހޯމް އެކްސްޕްރެސް ބާއި އީވޯ"ގެ ނަމުގައި އައްޑޫގައި ރޭ ހުޅުވައިފި އެވެ.
މަރަދޫފޭދޫގައި މި ޝޯ ރޫމް ހުޅުވަން ބޭއްވި ހަފުލާގައި އެތަން ހުޅުއްވައިދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
އީވޯ އިން ބުނި ގޮތުގައި މާލޭގައި ހުންނަ އެ ތަނުގެ ތިން އައުޓްލެޓް ކަމަށްވާ "އީވޯ ހޯމް"، "އީވޯ ފްލޮރިން" އަދި "އީވޯ ސޮލިއުޝަން" އިން ވިއްކާ އުފެއްދުންތައް މަރަދޫފޭދޫގައި ހުޅުވި ޝޯ ރޫމުން ލިބޭނެ އެވެ.
ރޯދަ މަހާ ދިމާކޮށް އައްޑޫގައި ޝޯ ރޫމް ހުޅުވުމާ ގުޅިގެން، އީވޯ އިން މިހާރު ކުރި އަށް ގެންދާ ރޯދަ ޕްރޮމޯޝަނުގައި ވެސް އައްޑޫގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަަމަށް އެ ތަނުން ބުންޏެވެ.
އީވޯ އިން ކުރި އަށް ގެންދާ ރޯދަ ޕްރޮމޯޝަނުގައި އެއް ވަނަ އަށް ހޮވޭ ނަސީބުވެރިޔަކަށް 80،000ރ. ގެ އަގުހުރި ބަދިގެ ސެޓެއް ވަނީ ހުށަހަޅައިފަ އެވެ.
ދެވަނަ އަށް ދާ ފަރާތަކަށް 20،000ރ. ގެ ބެޑް ރޫމް ސެޓެއް ހުށަހަޅާފައިވާ އިރު، ތިން ވަނަ އަށް ހޮވޭ ފަރާތަކަށް އީވޯގެ ތިން އައުޓްލެޓުން ވިޔަފާރި ކުރެވޭ 10،000ރ. ގެ ވައުޗާއެއް ހުށަހަޅާފައިވެ އެވެ.