ހައިރައިޒުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެފްއެންބީ ޝޯގައި، އެންޒީން "ބޮލުމަސް" ދަޅުގެ ނަމުގައި އާ ވައްތަރެއް މިއަދު ތައާރަފްކޮށްފި އެވެ.
އެންޒީން "ބޮލުމަސް" ނުވަތަ ސްކިޕްޖެކް ޓޫނާ އިން ހެޑްމީޓް ނަމުގައި ތައާރަފްކުރި މަސްދަޅަކީ ކަނޑުމަހުގެ ބޮލަށް ހާއްސަކޮށްގެން ތައްޔާރުކުރި މަސްދަޅެކެވެ.
އެންޒީން ބުނީ މަހުގެ ބޯ ކާހިތްވާ މީހުންނަށް އަމާޒުކޮށްގެން އުފެއްދި މަސް ދަޅުގެ ރަހަ ބަލާލުމުގެ ފުރުސަތު އެފްއެންބީ ޝޯގައި ލިބޭނެ ކަމަށެވެ. އެންޒީގެ ފިހާރަތަކުން މި މަސްދަޅު އަންނަ ހަފުތާގައި ވިއްކަން ފަށާނެ އެވެ.
އެންޒީން ބުނި ގޮތުގައި ދިވެހިން ލޯބިކުރާ މަހުގެ ބާވަތްތަކުގެ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރެ އެވެ. އެންމެ ފަހުގެ ޕްރޮޑަކްޓަކީ އާއްމުންގެ މެދުގައި މަގުބޫލު ބާވަތެއް ފަސޭހައިން ކާން ލިބޭނެ ގޮތް ހެދުމަށް ތައްޔާރު ކުރި މަސްދަޅެއް ކަމަށް އެންޒީން ބުންޏެވެ.