އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލީ މިނޯގް އަންނަ މަހު ނެރެން ނިންމާފައިވާ އާ އަލްބަމްގެ ލަވަތަކުގެ ތެރެއިން "ސެކަންޑް ޓު މިޑްނައިޓް" ނެރެފި އެވެ.

މި ލަވަ އަކީ ކައިލީ އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ބޭންޑް އިޔާޒް އެންޑް އިޔާޒްއާ ގުޅިގެން ލިޔެ، ރެކޯޑްކޮށްފައިވާ ޑިސްކޯ ސްޓައިލްގެ ލަވައެކެވެ. ލަވަ ހިމެނޭ އަލްބަމަކީ ކައިލީ މިދިޔަ އަހަރު ނެރުނު އަލްބަމް "ޑިސްކޯ" ގެ އާ ވާޝަނެއްގެ ގޮތުގައި ގެނެސްދޭ "ޑިސްކޯ: ގެސްޓް ލިސްޓް އެޑިޝަން" ގެ ލަވައެކެވެ.

މިހާތަނަށް 15 ސްޓޫޑިއޯލް އަލްބަމް ނެރެފައިވާ ކައިލީ، 53، ގެ އާ އަލްބަމް ނެރެން ނިންމާފައި ވަނީ އަންނަ މަހުގެ 12 ގަ އެވެ. މި އަލްބަމްގައި މަޝްހޫރު އެކި ފަންނާނުން ކޮލަބަރޭޓް ވެފައިވެ އެވެ. އޭގެ ތެރޭގައި ގްލޯރިއާ ގޭނާ އާއި ޖެސީ ވެއާ ފަދަ ޕޮޕް ފަންނާނުން ހިމެނެ އެވެ.