ކްއެންޓިން ޓެރެންޓީނޯ ސޮނީ ޕިކްޗާޒްއާ ގުޅިގެން ހަދާ ފިލްމަށް ލިއޮނާޑޯ ޑި ކެޕްރިއޯ ހަމަޖެއްސިކަން ކުރިން އޮތީ އިއުލާންކޮށްފަ އެވެ. ފިލްމްގެ މަސައްކަތް ފަށަން މިހާރު ކައިރިވަމުން އަންނަ އިރު، އޭގެ ނަމާ އެކު އަނެއްކާ ވެސް އޭ ލިސްޓް ތަރިއަކު ވަނީ ފިލްމްގެ ކާސްޓަށް ގެނެސްފި އެވެ. އެއީ ބްރެޑް ޕިޓް އެވެ.

ސޮނީން ވަނީ ފިލްމްގެ ނަމަކީ "ވަންސް އަޕޮން އަ ޓައިމް ހޮލީވުޑް" ކަމަށް އިއުލާންކޮށްފަ އެވެ. މި ފިލްމަކީ 1969 ގައި ޗާލްސް މަންޝަންގައި ހިންގި ގަތުލުތަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމްގައި ލިއޮނާޑޯ ކުޅޭނީ ހޮލީވުޑްގައި ފައިތިލަ ސާބިތު ކުރަން މަސައްކަތްކުރާ ރިކް ޑާލްޓަން ކިޔާ ކެރެކްޓާއެވެ. ބްރެޑް ފެނިގެން ދާނީ ކްލިފް ބޫތު ކިޔާ ސްޓަންޓް ޑަބަލްއެއްގެ ރޯލުން ކަމަށް ޓެރެންޓީނޯ ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ވަންސް އަޕޮން އަ ޓައިމް ހޮލީވުޑް" ވެގެން ދާނީ ބްރެޑާއި ލިއޮނާޑޯ އެކުގައި ފީޗާ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރަށް ކަމެވެ. އެ ދެ ތަރިން ކުރިން ވަނީ މާޓިން ސްްކޮސިސްގެ ކުރު ފިލްމް ދަ އޮޑިޝަން (2015) ގައި މަސައްކަތްކޮށްފަ އެވެ.

ލިއޮނާޑޯ އާއި ބްރެޑް ވަނީ ކުރިން ވެސް ޓެރެންޓީނޯއާ އެކު މަސައްކަތްކޮށްފަ އެވެ. ލިއޮނާޑޯ އަށް 2016 ގައި އޮސްކާ އެވޯޑް ލިބުނީ ޓެރެންޓީނޯގެ "ރެވެނަންޓް" އިންނެވެ.

ބްރޭޑް ވަނީ ޓެރަންޓީނޯއާ އެކު އިންގްލޯރިސް ބަސްޓަޑްސް (2009) އާއި ޖާންގޯ އެންޗެއިންޑް (2012) ގައި މަސައްކަތްކޮށްފަ އެވެ.

މާގޯ ރޮބީ: މި ދޭތެރެއިން ބްރޭޑާ އަޅުވާ ކިޔާފައިވޭ.
މާގޯ ރޮބީ: މި ދޭތެރެއިން ބްރޭޑާ އަޅުވާ ކިޔާފައިވޭ.

"ވަންސް އަޕޮން އަ ޓައިމް ހޮލީވުޑް" އިން ލިއޮނާޑޯ އާއި ބްރޭޑާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ މި އަހަރުގެ އޮސްކާގައި އެންމެ މޮޅު ބަތަލާ އަށް ފިލްމް "އައި، ޓޯނިޔާ" އިން ވާދަ ކުރާ އޮސްޓްރޭލިއާގެ ޒުވާން ބަތަލާ މާގޯ ރޮބީ އެވެ. ފާހަގަލޮށްލެވޭ ކަމަކީ އޭނާއަކީ ބްރޭޑާއި އެންޖެލީނާ ޖޮލީގެ ކައިވެނި ރޫޅުމާ އެކު، ބްރޭޑް ޑޭޓް ކުރި ކަމަށް ބުނާ އަންހެނުންގެ ތެރެއިން އެކަކު ކަމެވެ.

"ވަންސް އަޕޮން އަ ޓައިމް ހޮލީވުޑް" ސިނަމާތަކަށް އަންނާނީ އޮގަސްޓް، 9، 2019 ގަ އެވެ.