އާމިރު ހާންގެ ދަރިފުޅު ޖުނައިދު ހާންގެ އާ ފިލްމު "އެކް ދިން" އަށް ބޮކްސް އޮފީހުގައި ނާކާމިބީއާ ކުރިމަތިވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމަށް އިއްޔެ ލިބުނު އެކަނި ލިބުނު އާމްދަނީ އެއް ކްރޯޑް ރުޕީސްއަށް ވުރެ ވެސް ދަށެވެ.
ފުރަތަމަ ދުވަހު އެ ފިލްމަށް ލިބުނީ 1.15 ކްރޯޑް ރުޕީސް އެވެ. ނަމަވެސް ދެވަނަ ދުވަހު ނުވަތަ އިއްޔެ އެ އަދަދު ވަނީ 80 ލައްކަ ރުޕީސްއަށް ވެއްޓިފަ އެވެ. އެއާ އެކު، އިންޑިއާގައި މިހާތަނަށް މި ފިލްމަށް ޖުމްލަ ލިބިފައި ވަނީ 2.32 ކްރޯޑް ރުޕީސް އެވެ.
ފިލްމު ކްރިޓިކްސްގެ ފަރާތުން ވެސް އެ ފިލްމަށް ގިނައިން ލިބިފައި ވަނީ ނެގެޓިވް ރިވިއުތަކެކެވެ.
ބޮކްސް އޮފީހުގައި ވަރުގަދަ އެހެން ފިލްމުތަކާ ވާދަކުރަން ޖެހުމަކީ ވެސް އާމްދަނީ ދަށްވި ސަބަބެކެވެ. އޭގެ ތެރޭގައި، ރިތޭޝް ދޭޝްމުކްގެ "ރާޖާ ޝިވާޖީ" އާއި އަކްޝޭ ކުމާރުގެ "ބޫތު ބަންގްލާ" އަދި ހޮލީވުޑް ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ 2" އާ މި ފިލްމަށް ވަނީ ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފަ އެވެ.
އާމިރު، މަންސޫރު ހާން އަދި އަޕަރްނާ ޕްރޯހިތް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓުކުރީ ސުނިލް ޕާންޑޭ އެވެ.
އީ 2016 ވަނަ އަހަރު ނެރުނު ތައިލެންޑް ފިލްމު "ވަން ޑޭ"ގެ ރީމޭކެކެވެ. މީގައި ދައްކަނީ އޮފީހެއްގެ މަސައްކަތްކުރާ މީހަކު އޭނާއާ އެކު މަސައްކަތްކުރާ އެންހެނަކު ދެކެ ލޯބިވެ، އެންމެ ދުވަހަކު އޭނާއާ އެކު އުޅެން އެދޭ އެދުން ފުރިހަމަވާ ގޮތުގެ ވާހަކަ އެވެ.
މި ފިލްމަކީ ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ސައި ޕައްލަވީގެ ފުރަތަމަ ހިންދީ ފިލްމު ވެސް މެ އެވެ. އަދި މިއީ ޖުނައިދުގެ ތިންވަނަ ފިލްމެވެ.