ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ތާރާ ސުތާރިއާ އާއި އަދިތުޔަ ރޯއި ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިއްޖެ އެވެ. 

"ފިލްމްފެއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ފަހަކަށް އައިސް އިންޑިއާގެ މުމްބާއީގެ އެކި ހަފުލާތަކުންނާއި އިންޑަސްޓްރީގެ ބައްދަލުވުންތަކުން މި ދެ ތަރިން އެކުގައި ފެންނަ މިންވަރު އިތުރުވެފައިވެ އެވެ.

ތާރާ ކުރިން ވީރު ޕަހާރިއާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް، މި އަހަރު ކުރީކޮޅު އެ ދެމީހުން ވަނީ ވަކިވެފަ އެވެ.

އަދިތުޔަ އާއި އަނަންޔާ ޕާންޑޭގެ ގުޅުން ނިމުނު ފަހުން އޭނާ މިހާތަނަށް ހުރީ ސިންގަލްކޮށެވެ. 

އަދިތުޔަ އާއި ތާރާ "އޯމް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުންޏެވެ. ބައެއް ނޫސްތަކުގައިވާ  ގޮތުގައި މި ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދުނީ އެ ފިލްމުގެ މަސައްކަތުގެ ތެރެއިންނެވެ.

މިހާތަނަށް ތާރާ އަދި އަދިތުޔަ ވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.