އެންމެންގެ މައްޗަށް ވެރިވެގެން އުޅުނު "ބޮސް ބޭބީ" އަށް ލިބުނު ލޯތްބާ އެކު އެ ފިލްމުގެ ދެ ވަނަ ބައެއް އުފައްދަން ނިންމައިފި އެވެ.
ބޮކްސް އޮފީހުގައި ވެސް ވެރިކަންކުރި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު ޑްރީމް ވާކްސް އެނިމޭޝަނުން ވަނީ ދެ ވަނަ ބައެއް ހަދަން ނިންމުމުން އެންމެ އުފަލުން ހުރި އެކަކީ "ބޮސް ބޭބީ" ގެ ކެރެކްޓާ އަށް އަޑު އަޅައި ދިން މަޝްހޫރު ކޮމީޑިއަން އެލެކް ބޯލްޑްވިން އެވެ. އެ ފިލްމުގެ ދެވަނަ ބައިގައި ވެސް ކެރެކްޓާ އަށް އަޑު އެޅުމުގެ ފުރުސަތު އޭނާ އަށް ވަނީ ލިބިފަ އެވެ.
"ބޮސް ބޭބީ 2" އާ ބެހޭ ގޮތުން އަދި މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އެކަމަކު އެ ފިލްމް ރިލީޒްކުރާ ތާރީހު ވަނީ އިއުލާންކޮށްފަ އެވެ. އެއީ މާޗް 26، 2021 އެވެ.
ސަތޭކަ ފަންސަވީސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ޓޮމް މެކްގްރެތު ޑައިރެކްޓް ކުރި "ބޮސް ބޭބީ" އަށް ބޮކްސް އޮފީހުގައި ވަނީ 467.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.