ބްރެޒިލްގައި އެޕަލް އަށް ވުރެ ސެމްސަންގް ކުރި ހޯދައިފި އެވެ. ކޮމްޕިއުޓަ މާކެޓްގެ އެއްވަނާގައި މިހާރު އޮތީ ސެމްސަންގް އެވެ. އެއީ ބްރެޒިލް މާކެޓްގަ އެވެ. ފާއިތުވި އަހަރު ބްރެޒިލްގައި އެންމެ ބޮޑު ފައިދާއެއް ހެދީ އެޕަލް އެވެ. ތިން ވަނަ ޑެލް އަށެވެ.

ސެމްސަންގް އަށް ވަކިވަކި ގައުމުތަކުގައި ފައިދާވި ނަމަވެސް ކޮމްޕިއުޓަރު މާކެޓްގައި ޖުމުލަ ގޮތެއްގައި އެ ކުންފުނި އުޅެނީ ދަށުގަ އެވެ.

ބްރެޒިލްގައި ބާރުގަދަ ބްރޭންޑަކަށް ވުމަށް ސެމްސަންގް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ސައުތު ކޮރެއާގެ އޮންލައިން ނޫސްތަކުން ބުނެ އެވެ. ނަތީޖާ އެހާ ރަނގަޅުވެފައި ވަނީ ކުރި ހޭދައާ އެއްވަރަށް އަމަލީ މަސައްކަތުންކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ސްމާޓްފޯނަށް ވުރެ ސެމްސަންގް އަށް ކޮމްޕިއުޓަރު މާކެޓް އުނދަގޫ ކަމަށް ވެ އެވެ. ވާދަވެރިން ގިނަވުމާ އެކު، އިންވެސްޓްމަންޓްގެ ނިސްބަތުން ލިބޭ ފައިދާ ކުޑަ ކަމަށް ބުނާތީ ވެސް އިވެ އެވެ. ކޮމްޕިއުޓަރު މާކެޓްގައި ވެސް އަދި ސްމާޓްފޯން މާކެޓްގައި ވެސް ސެމްސަންގް އާއި އެޕަލް ވަރަށް ވާދަވެރި އެވެ. އެއް ބަޔަކު ވައްޓާލައި އެރުމަށް އަނެއް ބަޔަކު ބުރަ މަސައްކަތްތަކެއް ކުރެ އެވެ.