ސައިރިކްސް ކޮލެޖުން ކުޑަކުދިންނަށް ކޯޑް ކުރަން ދަސްކޮށްދޭން ހިންގި ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިންމައިފި އެވެ.
ސްކޫލް ޗުއްޓީއާ ދިމާކޮށް ސައިރިކްސް ކޮލެޖުން ކުރިއަށް ގެންދިޔަ "ކޮމްޕިއުޓާ ކޯޑިން ފޮ ކިޑްސް" ގެ ފުރަތަމަ ބުރު ފުރިހަމަކުރި ދަަރިވަރުންނަށް އެ ކޮލެޖުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. އެ ބުރުގައި 16 ދަރިވަރުން ބައިވެރިވި އެވެ.
ކޯޑިން ފޮ ކިޑްސް ފުރިހަމަ ކުރި ދަރިވަރުންނަށް ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: ސައިރިކްސް ކޮލެޖް
ސައިރިކްސް ކޮލެޖުން ބުނި ގޮތުގައި ދަރިވަރުން މި ޕްރޮގްރާމް ފުރިހަމަ ކުރީ ވަރަށް ޝައުގުވެރިކަމާ އެކުގަ އެވެ. އަދި މި ޕްރޮގްރާމްގެ ދެ ވަނަ ބެޗެއް މިއަދު ފަށާނެ ކަމަށް ވެސް ބުންޏެވެ.
ޖާގަ ހުރި މިންވަރަކުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ކުދިންނަށް ފުރުސަތު ދޭނެ އެވެ.