ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން، އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ރީލޯޑް ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔަކަށް 15،000ރ.ގެ ފައިސާގެ އިނާމު، އަދި ޕްރޮމޯޝަނުގެ އެންމެ ބޮޑު އިނާމަކަށް 100،000ރ.ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.
މި ޕްރޮމޯޝަނުގައި ދިރާގު އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
ދިރާގުން ބުނީ ރީލޯޑް ކުރާ މިންވަރު އިތުރުވާ ވަރަކަށް، ގުރުއަތުން ހޮވުމުގެ ފުރުސަތު ވެސް އިތުރުވެގެންދާނެ ކަމަށެވެ.
ދިރާގު އެޕް މެދުވެރިކޮށް ކުރާ ކޮންމެ 100ރ.ގެ ރީލޯޑަކަށް ގުރުއަތުގައި ބައިވެރިވުމަށް އެއް ފުރުސަތު ލިބޭނެ އެވެ. އަދި 200ރ.ގެ ރީލޯޑް ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމަށް ދެ ފުރުސަތު އަދި 300ރ. ގެ ރީލޯޑަކަށް ތިން ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.